8ސީ އާއި 10ބީ ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލްގެ ދަށުސާނަވީ އަދި ސާނަވީ ކުލާސްތަކުގެ މެދުގައި ބޭއްވި ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ގްރޭޑް 8ސީ އާއި 10ބީ ހޯދައިފިއެވެ. ދަށުސާނަވީ ކުލާސްތަކުން ހޭންޑްބޯލް މުބާރާތުގެ ފައިނަލްގައި ބައްދަލުކުރީ ގްރޭޑް 7އޭ އާއި ގްރޭޑް 8ސީ އެވެ. 8 ގޯލް 5 ގޯލުން ދަށުސާނަވީގެ ޗެމްޕިއަންކަން ހޯދީ 8ސީ އެވެ. 8ސީ ގެ ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ކައިލީން ޝިރްހާނެވެ. މި އުމުރުފުރައިގައި 7 އަދި 8 ގެ 5 ކުލާސް ބައިވެރިވިއެވެ.

 

ސާނަވީ ކުލާސްތަކުގެމެދުގައި ބޭއްވި ހޭންޑްބޯލް މުބާރާތުގައި 7 ޓީމް ބައިވެރިވިއެވެ. މުބާރާތުގެ ފައިނަލުގައި ކުޅުނީ 9ސީ އާއި 10ބީ އެވެ. މިމެޗް 6 ގޯލް 4 ގޯލުން މޮޅުވެ ޗެމްޕިއަންކަން ހޯދީ 10 ބީ އެވެ.

ހޭންޑްބޯލް މުބާރާތުގެ ވަނަތަކަށް ދިޔަ ޓީމް ތަކަށް ތަށި ހަވާލުކޮށްދެއްވީ އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. މިމުބާރާތް ބޭއްވީ މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު ހެންވޭރު ދަނޑުގައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *