އަޅުގަނޑުގެ އަޒުމަކީ ތިޔަދަރިވަރުންނަށްޓަކައި ނަމޫނާ ކެޕްޓަނަކަށްވުން. – ކެޕްޓަން އިންޝާ

އިލްމު އުގެނުމަށް އަމުރުކުރެއްވި އަދި އެއީވާޖިބެއްކަމުގައި ލެއްވި މާތްﷲ (ޞ،ވ) އަށް ހަމްދުކުރަން. އަދި އިލްމު އުގެނުމުގެ މުހިންމުކަން އިންސާނީ އުންމަތަށް އަންގަވައިދެއްވި ކީރީތި ރަސޫލާ މުހައްމަދު (ޞ،ވ) ސަލަވާތާއި ސަލާމްލެއްވުންއެދި ދުޢާކުރަން.

މިޖަލްސާގެ ޝަރަފުވެރި މެޙެމާން ދިވެހިރާއްޖޭގެ އެކްޓް އިންސްޓިޓިއުޓްގެ ސީނިއަރ ލެކްޗަރަރ އަލްފާޞިލް އަބްދުލް ހަމީދު ޒަކަރިއްޔާ!، މިޖަލްސާގައި އަޅުގަނޑުމެންނަށް ހުވާލައިދެއްވި ފަރާތްކަމުގައިވާ، މިނިސްޓްރީއޮފް އިސްލާމިކް އެފެއާރޒްގެ ވާޢިޒް ޝެއިހު އަހުމަދު ފަހުމީދީދީ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އަހުރަވެތި ޕްރިންސިޕަލް މުހައްމަދު ރަޝީދު، ޑެޕިއުޓީ ޕްރިންސިޕަލުން ، ލީޑިންގް ޓީޗަރުން، އަދި އެކުވެރި ކިޔަވާކުދިން، އައްސަލާމް އަލައިކުމް ވަރަހުމަތުއްﷲ ވަބަރާކާތު.

ކޮންމެ ކުއްޖަކީވެސް ހުވަފެންތަކެއް ދެކޭނެ ކުއްޖެއް. އެހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރުމަކީ އެކުއްޖެއްގެ އަމިއްލަ އަތްމަތީގައިވާ ވަރަށްވެސް ބޮޑު ޒިންމާއެއް.

މިވަގުތު ޕޯޑިއަމް ކުރިމަތީގައި ހުއްޓިލައިގެން ހުންނައިރު އަޅުގަނޑުގެ ހަނދާނަށް އަންނަނީ 2021 ވަނަ އަހަރު ޕްރިފެކްޓުންނާއި މަތީ މަގާމުތަކުގެ ދަރިވަރުންގެ ހުވާކުރުމުގެ ޖަލްސާމަތިން. އެދުވަހު އަޅުގަނޑުވެސް ހަމަ ތިޔަ ދަރިވަރުން ފަދައިން މިސްކޫލްގެ މިމާލަމުގެ ގޮނޑިއެއްގައި އިނިން.

އެދުވަހު އަޅުގަނޑު ކަނޑައެޅި އަޒުމަކީ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެފަދަ އަޒުމެއް، އަޅުގަނޑު އެދުވަހު އަޒުމް ކަނޑައެޅިން އެއަހަރުގެ ކެޕްޓަނެކޭ އެއްފަދައިން އަޅުގަނޑުވެސް ހަމަ އެޕޯޑިއަމް ކައިރީގައި އެމަގާމުގައި ހުއްޓިހުރެ ވާހަކަދެއްކުމުގެ ފުރުސަތު ހޯދާނަމޭ. އެހެންކަމުން މިވަގުތު ތިޔަކުދިންނާއި މުޚާޠަބުކުރަމުންދާއިރު މިކުރެވޭ އިހުސާސްތަކަކީ ބަޔާން ކުރަންވެސް ދަތި އިހުސާސްތަކެއް!

އަޅުގަނޑުގެ ނަޒަރުގައި ސްކޫލެއްގެ ކެޕްޓަނަކީ ބުރަ މަސައްކަތްކުރާ، ޒިންމާދާރު ކަންކަންކުރުމަށް ފަސްނުޖެހޭނެ ދަރިވަރެއް. އާދެ އަޅުގަނޑުގެ އަޒުމް އަދުވަނީ ބަދަލުވެފައި. މިއަދު އަޅުގަނޑުގެ އަޒުމަކީ ތިޔަދަރިވަރުންނަށްޓަކައި ދެންމެ މިދެންނެވިފަދަ ނަމޫނާ ކެޕްޓަނަކަށްވުން. އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި މިރޭ މިމާލަމުގައި ތިބި އެންމެހާ ދަރިވަރުންނަކީ ވެސް ވަރަށް ހިތްވަރާއި ބުރަ މަސައްކަތާއި އެކު އަދުހުރި މަގާމަށް އައިސްފައިވާ ދަރިވަރުންތަކެއް. އަޅުގަނޑުގެ އުންމީދަކީ ތިޔަ ހުރިހާ ދަރިވަރުންނަކީވެސް އަބަދުމެ އަބަދަށް ތިޔަކުރަމުންދާ ހިތްވަރުގަދަ މަސައްކަތްކުރުންމަތީ ދެމިތިބޭނެ ދަރިވަރުން ތަކަކަށްވުން.

ޝައްކެއްވެސްނެތް. އަޅުގަނޑުމެންގެ ސްކޫލް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ، މުޅި ދިވެހިރާއްޖޭގައިވެސް އެންމެ ކާމިޔާބު އެއް ސްކޫލް. ތައުލީމީ ރޮގުންނާއި އަދި އިތުރު ހަރަކާތްތަކުންވެސް ރަންވަނަތަކެއް ހޯދަމުންދާ މިސްކޫލުގެ ދަރިވަރަކަށްވީތީ ވަރަށްވެސް ފަޚުރުވެރިވަން. ވީމާ މިސްކޫލަށް އަދަށްވުރެވެސް ކާމިޔާބު މާދަމާއެއް ހޯދުމަށް އަޅުގަންޑުމެން ކޮންމެ ދަރިވަރަކުވެސް ހިތްވަރާއި އެކު މަސައްކަތްކުރަން ޖެހޭ.

I would like to pass on to you all the most profound advice I have received. Firstly, set ambitious goals, and never limit yourselves. Your dreams are the guiding stars to your future.

Furthermore, when setbacks occur do not be demotivated, view them as stepping stones towards success and not obstacles.

I would like to end my speech on a quote by the American inventor and innovator Thomas Eddison. “Our greatest weakness lies in giving up. The most certain wat to succeed is to always try; just one more time”

I am truly honored to stand here before you all today, and to have this wonderful opportunity. T would like to convey my heartfelt gratitude for all of you for joining us on this joyous occasion. Thankyou all so much and have a lovely evening.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *