އިސްލާމީ އުންމަތުގެ ދަރިންނޭވެ!
ހިތަށް އަސަރެއް ނުކުރޭހެއްޔެވެ؟
ފަލަސްތީނުގެ ޅަދަރިންނާއި އުޚްތުންގެ ހާލަތާމެދު
ދުނިޔޭގެ އިންސާނިއްޔަތުގެ ލޯވަނީ ނިދާފައެވެ.
ދުނިޔޭގެ އިންސާނިއްޔަތުގެ ކަންފަތް ވަނީ ބީރުވެފައެވެ.
ދުނިޔޭގެ އިންސާނިއްޔަތުގެ ދޫ ވަނީ ބަންދުވެފައެވެ.
ދުނިޔޭގެ ހިތްވަނީ ހަރު ހިލައަށް ވެފައެވެ.
ދުނިޔޭގެ ބޮޑެތި ބާރުތައް މިވަނީ ސީދާ ހަމަ "ފައްކާ ޔަހޫދީ." އަކަށްވެފައެވެ.
މިފޮޓޯއިން އިސްލާމީ އުންމަތުގެ ފިނޑި ވެރިންގެ ފިނޑިކަން ދައްކުވައިދެއެވެ.
އިސްލާމީ އުންމަތުގެ އަންހެނުންނާއި ކުޑަ ކުދިންނަށް ރައްކާތެރިކަން ހޯދައި ދިނުން ވާޖިބުވާ އުންމަތުގެ ވެރިންގެ އާރެއް ބާރެއްނެތީ ކީއްވެހެއްޔެވެ؟
އިސްލާމްދީނާއި މުސްލިމުންގެ ދުޝްމަނުންނާ ދެކޮޅަށް ތެދުވަންޖެހޭ ވަގުތު ވަރަަ ބިނދިފަ މިތިބީ ކީއްވެހެއްޔެވެ؟
ފިނޑިވެ ނިކަމެތި ވެފައި މިތިބީ ކީއްވެހެއްޔެވެ؟
މުސްލިމު އެ އުޚްތާ އެވަނީ ހާދަ ބޮޑު ގުރުބާނެކެވެ.
އަލިކަމާނުލާ ކަނުއަނދިރީގައި އެޅަދަރިންގެ ކަންކަން ފުރިހަމަ ކޮށްދޭނީ ކިހިނެއްހެއްޔެވެ؟
ފެނާނުލާ އެކުދިން ތާހިރު ކުރާނީ ކިހިނެއްހެއްޔެވެ؟
ކަރުހިއްކުން ފިލުވާލަދޭނީ ކިހިނެއްހެއްޔެވެ؟
ސުންނާފަތިވެފައިވާ ގެދޮރުގައި ނިދުމާއި ކެއުމާއިބުއިން އިންތިޒާމު ކުރާނީ ކިހިނެއްހެއްޔެވެ؟
އަތްވާއި ހޫނުން އެކުދިން ސަލާމަތްކުރަނީ ކިހިނެއްހެއްޔެވެ؟
ދުވެލާ ކުޅެލާ އަދި ކިޔަވާ ހަދަން އެކުދިންގެ ނަފްސު އެދޭއިރު އެމަންމައަށް ކޮށްދެވޭނީ ކޮންކަމެއްހެއްޔެވެ؟
މިއީ އަދި އެކުދިންގެ ކަންކަމެވެ. ޚުދް އެމަންމަގެ ބޭނުންތައް ކޮބައި ހެއްޔެވެ؟
އެއީ ކެތްތެރި މައިންތަކެކެވެ.
حسبنا الله ونعم الو كيل. އޭބުނެ ދުޢާކުރުމާއެކު ހިތްވަރު އެކުރަނީ ހާދަ ހިތްދަތި އިހުސާސްތަކާއެކު ގައެވެ.
މިއިން އެންމެ ދުވަހެއް އެޅަދަރިންނާއެކު އަހަރުމެން ހޭދަކުރާ އިރު އަހަރެމެން ކުރާނެ އިހުސާސް ހިތަށްގެނެސްބަލާށެވެ.

ހަނދާނަށް އަންނަނީ މައްކާގެމުޝްރިކުންގެ އުނދަގުލާހުރެ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މުސްލިމުން މައްކާއިން ބޭރުކޮށްލެވި މަދީނާއަށް ހިޖުރަކުރި ހަނދާނެވެ.
މިއަދު ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ފަސްގަނޑުން ނުކުމެގެން އެދަނީ ހާދަ ހިތްދަތި ހާދަ ވޭނީ ގޮތަކަށެވެ.
އާއިލާގެ އެތައްބަޔަކު ޝަހީދުކުރެވި ގެދޮރާ މުދާ ސުންނާފަތި ކުރެވި އިންސާނީ ޚިދުމަތުން މަހުރޫމު ކުރެވިގެންނެވެ.
ފަލަސްތީނުގެ މައިންނަށް ކުރާނެ އަސަރު މިހެން ލިޔުމަކުން ބަޔާންނުކުރެވޭނެއެވެ.
ޔާ ރައްބު ފަލަސްތީނުގެ ކުޑަކުދިންނާއި އުޚްތުން އަދި އެލޮބުވެތި ރައްޔިތުންގެ ކެތްތެރިކަން އިތުރު ކޮށްދެއްވާ އަމާން ދިރިއުޅުމެއް އެބައިމީހުންނަށް މިންވަރު ކުރައްވާށި .
އާމީން