ނަޞްރުގެ ދުވަހާއި ޖުމްހޫރީ ދުވަސް ފާހަގަކޮށްފި

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހާއި ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި މިއަދު ޚާއްޞަ ޖަލްސާއެއް ބާއްވައިފިއެވެ. މިއަދު ހެނދުނު އަޙްމަދިއްޔާގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ޖަލްސާގެ ޝަރަފްވެރި މެހްމާނަކީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ނާއިބު އަލްފާޟިލް މުޙައްމަދު ޝާޠިރެވެ.

ޝަރަފްވެރި މެހްމާނުގެ ވާހަކަފުޅުގައި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖޭގައި ކަންހިނގިގޮތް އަމިއްލަ ތަޖުރިބާގެ އަލީގައި ވިދާޅުވެދެއްވިއެވެ. އަދި ރަސްކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެން ދިޔަ ގޮތްވެސް ވިދާޅުވެދެއްވިއެވެ.

މި ޖަލްސާގައި ނަޞްރުގެ ދުވަހާއި ޖުމްހޫރީ ދުވަހާގުޅޭ ގޮތުން ސްކޫލްގެ ހަތަރު ދަރިވަރަކު ވާހަކަދެއްކިއެވެ.

ޖުމްހޫރީ ދުވަހާ ބެހޭގޮތުން އެންމެ ފުރަތަމަ ވާހަކަދެއްކީ 9އީ ގެ ޙަސަން އުޒައިން އެވެ.

ނަޞްރުގެ ދުވަހާ ބެހޭ ގޮތުން ވާހަކަ ދެއްކީ 9އޭ ގެ ޙައްވާ ރިމްޝާ  އެވެ.

ނޮވެމްބަރ 3 ގައި ޝަހީދު ޙުސައިން އާދަމް ކުރެއްވި ޖިހާދާއި ބެހޭ ގޮތުން ވާހަކަ ދެއްކީ 9އޭ ގެ ޢާއިޝަތު ލަޢާލީ އެވެ.

ރާއްޖޭގައި ތަފާތު އެކި އެކި ދުވަސްތައް ފާހަގަ ކުރަނީ ކީއްކުރަން ކަމާމެދު ވާހަކަ ދެއްކީ 9ޑީ ގެ ޝައްޔާން ބިން ޝިފާޢު އެވެ.

ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް ބޭއްވި މި ޖަލްސާގައި ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ ގެ މަންޒަރުއެކުލެވޭ ތަމްސީލެއް ގްރޭޑް 7ގެ ދަރިވަރުން ގެނެސްދިނެވެ.

ގްރޭޑް 8 ގެ ދަރިވަރުން ގެނެސްދިނީ ދިވެހިރާއްޖޭގެ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވިގޮތް ދައްކައިދޭ ތަމްސީލެކެވެ.

ޖަލްސާގައި ޖުމްހޫރީ ވެރިކަމާގުޅޭ ވީޑިއޯއެއްވެސް ދެއްކިއެވެ. ޖަލްސާ ނިމުނީ ގައުމީ ސަލާމުންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *