ސްކޫލް ކެޕްޓަންކަމަށް އަނާ

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގުރޭޑު 12 ސީ ގައި ކިޔަވަމުން އަންނަ އަނާ ޢަބްދުއްސައްތާރަކީ މިފަހަރު މަތީ ސާނަވީ ކެޕްޓަންކަމަށް ހޮވުމަށް އެންމެ ރަނގަޅު ކެންޑިޑޭޓެވެ.

އަނާއަކީ ކުދިންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތް ކުރާ ހީވާގި ދަރިވަރެކެވެ. ސްކޫލު ކެޕްޓަން ކަމުގެ މަގާމު އަދާކުރުމަކީ އަނާ އެންމެ ކުޑައިރުއްސުރެ ދެކެމުން އަންނަ ފޮނި ހުވަފެނެކެވެ.

ކެޕްޓަންކަމަށް އަނާ ހޮވަންވީ ކީއްވެ؟

އަނާއަކީ ސާނަވީ މަރުހަލާގައި ރެހެންދި ސްކޫލުގެ ޑެޕިޔުޓީ ކެޕްޓަންކަން އަދާކޮށްފައިވާ ދަރިވަރެއްކަމުން އަނާއަކީ ސްކޫލުގެ އިސްމަގާމުތަކުގެ ޒިންމާތައް ވަރަށް ރަނގަޅަށް އެނގޭ ދަރިވަރެކެވެ. ކިޔެވުމުގެ އެންމެހާ  ކަންކަމަށް  ފުރިހަމަ ސަމާލުކަމެއް ދިނުމާއެކު، އަނާއަކީ އަބަދުވެސް ސްކޫލުގައި ބާއްވާ އިތުރު ހަރަކާތްތަކުން ފެންނަ އެހެން ކުދިންނަށް ނަމޫނާ ދައްކާ  ހުނަރުވެރި ދަރިވަރެކެވެ.

މިގޮތުން އަނާ ވަނީ ފާއިތުވި އަހަރު ސްކޫލުގައި ބޭއްވުނު ހިޔާ އީދު އަދި އޭލާ ޑޭގައި ބައިވެރިވެފައެވެ. ހަމައެއާއެކު، އަނާވަނީ ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައި ބައިވެރިވެ ގަދަ 10 ގައި ހިމެނިފައެވެ. އަދި މީގެ އިތުރުން އަނާ ވަނީ އޯލެވެލްގެ ގަދަ 10 ގެ 2 ވަނަ ޙާޞިލްކުރުމާއެކު  ގްރޭޑް 11ގެ ފުރަތަމަ ޓާމުގައި ކޮމެންޑެޑް ރިޕޯރޓެއް ހޯދާފައެވެ.

އަނާ ކެޕްޓަންކަމަށް ހޮވިއްޖެނަމަ…

އަނާ ކެޕްޓަންކަމަށް ހޮވިއްޖެ ނަމަ އަނާ ވެގެން ދާނީ ސްކޫލުގެ ހުރިހާ ކުދިންނާ ވެސް ގުޅިގެން މަސައްކަތްކުރާ  ޤާބިލު ކެޕްޓަނަކަށެވެ.

އަދި ކުދިންގެ އިހުސާސްތައް އަޑު އަހައި، ކުދިން ބަލައިގަންނަ ސްކޫލުގެ މެނޭޖްމަންޓް ޓީމާ ގުޅުވައިދޭ ހިންގުންތެރި ލީޑަރަކަށެވެ. ހަމައެއާއެކު، ކުދިން އެންމެ އެދޭ ފަދަ ހިތްފަސޭހަ މާހައުލަކަށް ސްކޫލު މާހައުލު ހަދައިދޭނެ ކެރޭ މާލިމީއަކަށެވެ.

 

އެޑިޓަރުގެ ނޯޓް: މި ކޮލަމްގައި ޝާއިޢު ކުރަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގެ މަތީ ސާނަވީ ކެޕްޓަން ކަމަށް ކުރިމަތިލާފައިވާ ދަރިވަރުން ކެންޕޭން ކުރުމަށް އެ ދަރިވަރުން ފޮނުވާފައިވާ ލިޔުންތަކެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *