ކެޕްޓަންކަމަށް ކުރިމަތިލި ދަރިވަރުންގެ ބަހުސް މާދަމާރޭ

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ކެޕްޓަން ކަމަށް ކުރިމަތިލި ދަރިވަރުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަހުސް މާދަމާރޭ އަޙްމަދިއްޔާގެ މާލަމުގައި އޮންނާނެއެވެ. މި ބަހުސް ބާއްވާނީ މާދަމާރޭ 8:00 ގައެވެ. މިއީ އޭލެވެލް ކެޕްޓަން ކަމަށް ކުރިމަތިލާ ދަރިވަރުންނަށް ބަހުސެއްބާއްވާ ފުރަތަމަ އަހަރެވެ.  މި ބަހުސް އިންތިޒާމް ކޮށް ކެންޑިޑޭޓުންނާއި ކުރާ ސުވާލުތައް ތައްޔާރު ކޮށްފައިވަނީ ސްކޫލްގެ ކުރީގެ ދަރިވަރުންނެވެ. އަދި ބަހުސް ހުށަހަޅައިދޭނީ ވެސް ކުރީގެ ދަރިވަރުންނެވެ.

މިއަހަރުގެ ސާނަވީ ސްކޫލް ކެޕްޓަން ކަމަށް ކުރިމަތިލާފައި ވަނީ 6 ދަރިވަރުންނެވެ. އެއީ

ކެންޑިޑޭޓް ނަންބަރު:1 ޢާއިޝަތު އީނަތު އިބްރާހީމް 12 ސީ

ކެންޑިޑޭޓް ނަންބަރު:2 ޢަބްދުއްސަލާމް 12 ޑީ

ކެންޑިޑޭޓް ނަންބަރު:3 ޝައިބާން ޝަފީޤު 12 ޑީ

ކެންޑިޑޭޓް ނަންބަރު:4 އަނާ ޢަބްދުއްސައްތާރު 12 ސީ

ކެންޑިޑޭޓް ނަންބަރު:5 އިޔާން ޢަލީ މޫސާ 12 އޭ

ކެންޑިޑޭޓް ނަންބަރު:6 ނުހާ ރިޟްވާން 12 އެޗް  އެވެ.

މިއަހަރުގެ އިންތިޚާބުގައި ތަފާތު 16 މަގާމަކަށް 26 ދަރިވަރުންވަނީ ކުރިމަތިލާފައެވެ. އެ ދަރިވަރުން ތަޢާރަފް ވުމަށް ބާއްވާ ޚާއްޞަ އެސެމްބްލީ އެއް ބުދަ ދުވަހު އޮންނާނެއެވެ. ވޯޓްލުން އޮންނާނީ ބުރާސްފަތި ދުވަހުއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *