ބުރާސްފަތި, 24 އޭޕްރިލް 2025

އިންޓަރކްލާސް ފުޓްބޯޅަ އަދި ހޭންޑްބޯޅަ ފެސްޓިވަލް ބާއްވައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިންޓަރ ކްލާސް ފުޓް ބޯޅަ އަދި ހޭންޑްބޯޅަ ފެސްޓިވަލް ނިމިއްޖެއެވެ.

މި ފެސްޓިވަލްގެ މަޤުޞަދަކީ ދަރިވަރުންގެ ދުޅަހެޔޮކަމާއި، އުނގެނުމުގެ އިތުރުން ކުޅިވަރުގައި ދަރިވަރުން ޝާމިލް ކުރުމެވެ. އެގޮތުން މިމަހުގެ 19ވަނަ ދުވަހު ފެށުނު ފެސްޓިވަލްގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރައިމަރީގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ. މިއީ ޚާއްޞަކޮށް ޕްރައިމަރީ ގްރޭޑް ތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބާއްވާ ބޮޑު އެއް ފެސްޓިވަލެވެ.

މި ފެސްޓިވަލަކީ ކޮންމެ އަހަރަކު ވެސް ވަރަށް ކުލަގަދަކޮށް ބާއްވަމުން އަންނަ ބޮޑު ހަރަކާތެކެވެ. މި ފެސްޓިވަލްގައި އަންހެން ކުދިންނަށް ޚާއްޞަކޮށް ކުރިއަށް ގެންދަނީ ހޭންޑްބޯޅައެވެ. ހަމައެއާއެކު ފިރިހެން ކުދިންނަށް ޚާއްޞަކޮށްފައިވަނީ ފުޓްބޯޅައެވެ

މި މަހުގެ 19އަދި 20 ވަނަ ދުވަހު ކުޅެފައިވަނީ އަންހެން ކުދިންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން ގްރޭޑް 1، 2، އަދި 3 ގެ ދަރިވަރުންގެ ކުޅުން އޮތީ ހެނދުނުގެ ވަގުތުގައެވެ. މެންދުރުފަހާއި ހަވީރުގެ ވަގުތު ތަކުގައި ކުޅެފައިވަނީ ގްރޭޑް 4، 5، އަދި 6 ގެ ދަރިވަރުންގެ ކުޅުންތަކެވެ.

މިމަހުގެ 25 ވީ ބުރާސްފަތި ދުވަހު ވަނީ މި ފެސްޓިވަލްގެ ފައިނަލް މެޗުތައް ކުޅެފައެވެ. އެގޮތުން ގްރޭޑް 1ޑީގެ ދަރިވަރުން ފައިނަލް ކުޅެ ޗެމްޕިޔަންކަން ވަނީ ހޯދާފައެވެ.

ހަމައެއާއެކު ގްރޭޑް 2 ސީ، 3 ޑީ، 4 އީ، 5 ޑީ އަދި 6 ސީ މިވަނީ ފުޓްބޯޅައިންޗެމްޕިއަންކަން ހޯދާފައެވެ. މީގެއިތުރުން ހޭންޑް ބޯޅަ މުބާރާތުގައި ފައިނަލް ކުޅެ ޗެމްޕިޔަންކަން ހޯދާފައިވާ ޓީމުތަކަކީ 1 އޭ،2 އޭ، 2 ބީ، 3 ބީ، 4 ސީ، 5 ބި، 5 އޭ، އަދި 6 އޭ އެވެ. ކޮންމެ ކުލާހަކުންވެސް 2 ޓީމު ކުޅުނެވެ. އެއީ އޭ ޓީމާއި ބީ ޓީމެވެ.

މި ފެސްޓިވަލަކީ ދަރިވަރުންނާއި، ޓީޗަރުންގެ އިތުރުން ބެލެނިވެރިންގެ މެދުގައި ވަރަށް ފޯރިގަދަ މުބާރާތެކެވެ. މި ފެސްޓިވަލް ހިނގަމުންދަނީ ސްކޫލާއި އިންވެގެން އޮންނަ ހުސްބިމުގައެވެ. ސްކޫލުގައި މިފަދަ ހަރަކާތްތައް ހިންގުމުން ސްކޫލާއި ބެލެނިވެރިންނާއި އޮންނަ ގާތްކަން އިތުރަށް ވަރުގަދަވެގެން ދެއެވެ.

މީގެއިތުރުން ދަރިވަރުންގެ ހިތްތަކުގައި ކުޅިވަރަށް އޮންނަ ޖޯޝާއި ފޯރި މިފަދަ ފެސްޓިވަލަތަކުން ފެނިގެން ދެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *