ޝައިބާން އަކީ ކާކު؟
އަހުމަދިއްޔާގެ ގުރޭޑު 12 ޑީގައި ކިޔަވަމުން ދާ ޝައިބާން ޝަފީގަކީ ހުރިހާ ކުދިންނާވެސް ގުޅޭ، އެކުވެރި މިޒާޖެއް ލިބިފައިވާ ދަރިވަރެކެވެ. ކިޔެވުމާއި، ކުޅިވަރު، އަދި ތަފާތު އިތުރު ހަރަކާތްތަކުގައި ފާހަގަކޮށްލެވޭ ދަރިވަރެކެވެ. އެހެންކަމުން ސުކޫލުގެ ކެޕްޓަންކަމަށް ހޮވުމަކީ ޝައިބާނުގެ ނުހަނު ބޮޑު އުއްމީދެކެވެ.
ކީއްވެ ޝައިބާން؟
ޝައިބާނަކީ ތ.ދިޔަމިގިލި ސުކޫލުގައި ގުރޭޑު ހަޔަކުން ފެށިގެން އެސުކޫލުގެ ޕްރިފެކްޓް ބޯޑުގައި ހަރަކާތްތެރިވަމުން އައި ދަރިވަރެކެވެ. އަދި މީގެ އިތުރުން އޭނާއަކީ ގުރޭޑު 8 އަދި 9 ގައި އެ ސުކޫލުގެ ގޭމްސް ކެޕްޓެންކަން ކޮށްފައިވާ ދަރިވަރެކެވެ. އެއަށްފަހު ޝައިބާން ވަނީ ގުރޭޑު 10ގައި ދިޔަމިގިލި ސުކޫލުގެ ކެޕްޓަންކަމުގެ މަގާމު އަދާކޮށްފައެވެ. ވީމާ ޝައިބާނަކީ މިފަދަ މަގާމެއް އެންމެ ފުރިހަމަގޮތުގައި އަދާ ކުރުމުގެ ޤާބިލިއްޔަތުކަން ލިބިފައިވާ ދަރިވަރެއްކަން ކަށަވަރެވެ.
މިކަންކަމުގެ އިތުރަށް ޝައިބާނަކީ އަޙްމަދިއްޔާއިންޓަނޭޝަނަލް ސްކޫލްގައި ބޭއްވުނު އެތަކެއް އިތުރު ހަރަކާތްތަކެއްގައި ބައިވެރިވެފައިވާ ދަރިވަރެކެވެ. އެގޮތުން ފާހަގަކޮށްލެވޭ ހަރަކާތްތަކަކީ:
- އިންޓަ ސްކޫލު ފުޓުބޯޅަ މުބާރާތުގައި އަހުމަދިއްޔާ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔަކަށް ވުން
- އިންޓަ ސްކޫލު އެތްލެޓިކްސް މުބާރާތުގެ 100މ ރޭހުގައި އަހުމަދިއްޔާ ތަމްސީލުކުރުން
- ހިޔާ އީދުގެ ހަރަކާތްތަކުގައި ބައިވެރިވުން
- އިންޓަ ކުލާސް ފުޓްސަލް މުބާރާތުގައި ވާދަކޮށް، ކ.ގުޅީގައި ބޭއްވުނު އެމުބާރާތުގެ ފައިނަލް މެޗް ކުޅުން
ޝައިބާންގެ ބައެއް ކާމިޔާބީތައް
- އޯލެވަލްގެ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުން
- އޯލެވަލްގައި އެކައުންޓް މާއްދާއިން ރާއްޖޭގެ އެއްވަނަ ހޯދުން
- ގުރޭޑު 7ގައި އިނގިރޭސި މާއްދާއިން އޯލެވަލްގައި ބައިވެރިވެ އޭ ގުރޭޑެއް ހޯދުން
ޝައިބާން ހޮވިއްޖެނަމަ ކުރާނެ ފައިދާތައް
ޝައިބާން ހޮވިއްޖެނަމަ ސުކޫލުގައި ބޭއްވޭ އިތުރުހަރަކާތްތަކަށް ބޮޑު އިންގިލާބެއް އަންނާނެއެވެ. އެގޮތުން ކިޔެވުމަށް ބުރޫ ނާރާނެހެން ސްކޫލުގައި ބޭއްވޭ އިތުރުހަރަކާތްތަކުގެ މިންވަރާއި ފެންވަރަށް ބޮޑެތި ހެޔޮބަދަލުތައް އަންނާނެއެވެ. އަދި ޝައިބާންވެގެންދާނީ ދަރިވަރުންގެ އަޑު ކޮންމެ ވަގުތެއްގައިވެސް ސުކޫލުގެ މެނޭޖްމަންޓާއި ހަމައަށް ފޯރުކޮށްދޭ ކެޕްޓަނަކަށެވެ.
އެޑިޓަރުގެ ނޯޓް: މި ކޮލަމްގައި ޝާއިޢު ކުރަނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގެ ސާނަވީ ކެޕްޓަން ކަމަށް ކުރިމަތިލާފައިވާ ދަރިވަރުން ކެންޕޭން ކުރުމަށް އެ ދަރިވަރުން ފޮނުވާފައިވާ ލިޔުންތަކެވެ.