މަތީސާނަވީ ސްކޫލް ކެޕްޓަނަކަށް އިޔާން ހޮވައިފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ސްކޫލް ކެޕްޓަން ކަމުގެ މަގާމަށް ގްރޭޑް 12އޭގެ އިޔާން ޢަލީ މޫސާ ހޮވައިފިއެވެ. މިކަން އިޢުލާން ކުރެވުނީ މިއަދު 11:15 ގައި ބޭއްވި ޚާއްޞަ އެސެމްބްލީގައެވެ. މަގާމަށް ހޮވުނު ދަރިވަރުންގެ ނަންތައް އިޢުލާން ކޮށްދެއްވީ އަޙްމަދިއްޔާ މަތީ ސާނަވީގެ އިންތިޚާބުގެ ކަންތައް ބަލަހައްޓަވާ ކޮމިޝަނަރ، އަޙްމަދިއްޔާ އިންޓަަނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙެވެ.

އިޔާން ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ 7 ދަރިވަރުންނާއި ވާދަކޮށް 59.76 އިންސައްތަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައާއި 3 ވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ސްކޫލްގެ ޑެޕިޔުޓީ ކެޕްޓަން އަށް ހޮވުނީ، 12އެޗްގެ ނުހާ ރިޟްވާން އާއި، 12ޖީގެ ޝައިބާން ޝަފީގެވެ. ނުހާ އަށް ލިބުނީ 57.795 އިންސައްތަ އެވެ. ޝައިބާން އަށް ލިބުނީ،  48.576 އިންސައްތައެވެ.

މީގެ އިތުރަށް މަތީސާނަވީކެޕްޓަން ކަމަށް ވާދަކުރި ދަރިވަރުންނަށް ޕޮއިންޓް ލިބުނު ގޮތަކީ،12ޑީގެ ޢަބްދުއްސަލާމް 40.584 ޕޮއިންޓް، 12ސީގެ  އަނާ ޢަބްދުއްސައްތާރު 39.955 ޕޮއިންޓް އަދި 12ސީގެ ޢާއިޝަތު އީނަތު އިބްރާހީމް 36.576 ޕޮއިންޓެވެ.

އަޙްމަދިއްޔާ މަތީސާނަވީ ކެޕްޓަން ކަމަށް ހޮވުނު އިޔާންއަކީ 2021 ވަނަ އަހަރުގެ އަޙްމަދިއްޔާ ގެ ސާނަވީ ކެޕްޓަންކަމުގެ މަގާމްވެސް އަދާކޮށްފައިވާ ދަރިވަރެކެވެ. މީގެ އިތުރަށް އެ އަހަރު އަޙްމަދިއްޔާގެ ސާނަވީ ގޮތުން އެންމެ ރަނގަޅު ދަރިވަރު ގެ ގޮތުގައިވެސް އިޔާން ހޮވިފައި ވެއެވެ. އަދި އެއަހަރު ޤައުމީ ގަދަ ދިހައެއްގެ 3 ވަނައިގައި ހިމެނުނު އިޔާން އަކީ ކިޔަވަން މޮޅު ވިސްނުންތޫނު ތޫނުފިލި ދަރިވަރެކެވެ.

ސްކޫލްގެ އިތުރު ހަރަކާތްތަކުގައިވެސް އިޔާން ވަނީ ފަސްޖެހުމެއްނެތި ބައިވެރިވެފައެވެ. ސްކޫލްގައި ބޭއްވި ހިޔާ ޢީދުގެ މުބާރާތްތަކުގެ އިތުރުން އޭލާ ދުވަހުގެ ހަރަކާތްތަކާއި ޤުރުއާން މުބާރާތާއި ވޯލްޑް ސްކޯލާސް ކަޕް އަދި މަޒުމޫނު ލިޔުމާއި، ޅެން ހެދުމާއި ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ވެސް އިޔާން ވަނީ ބައިވެރިވެފައެވެ. އިޔާން އެންމެ ފާހަގަކޮށްލެވެނީ ވާހަކަދެއްކުމާއި ބަހުސްކުރުމަށް މޮޅު ދަރިވަރެއްގެ ގޮތުގައެވެ. ވާހަކަދެއްކުމުގެ 36 ޤައުމީ މުބާރާތުގައި މަތީސާނަވީ ގިންތިން 2ވަނަ ހޯދުމުގެ އިތުރަށް އޭނާ ވަނީ އެ އަހަރު ސްކޫލުގެ ހައުސްތަކުގެ މެދުގައި ބޭއްވި މަތީ ސާނަވީ ހިޔާއީދުގެ ބަހުސްއިން އެންމެ މޮޅު ބަހުސްކުރުންތެރިޔާގެ މަޤާމު ވެސް ހޯދާފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *