މަތީ ސާނަވީ ހައުސްތަކުގެ ކެޕްޓަނުންނަށް އާސިޔަތު، އަބާން، އައިހަމް އަދި ޢަބްދުއްސަލާމް

އަޙްމަދިއްޔާ އިންޓްނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންގެ ހައުސްތަކުގެ ކެޕްޓަނުންނަށް އާސިޔަތު، އަބާން، އައިހަމް، އަދި ޢަބްދުއްސަލާމް ހޮވައިފިއެވެ.

އަޙްމަދިއްޔާ މަތީ ސާނަވީ ސްޓޫޑެންޓް ކައުންސިލް ގެ އެކިއެކި މަގާމްތަކަށް ހޮވުނު ދަރިވަރުންގެ ނަންތައް އިޢުލާން ކުރީ އިއްޔެ ބޭއްވި ޚާއްޞަ އެސެމްބްލީގައެވެ. މަގާމްތަކަށް ހޮވުނު ދަރިވަރުންގެ ނަންތައް އިޢުލާން ކޮށްދެއްވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙެވެ.

ހުވަނދުމާ ހައުސްގެ ކެޕްޓަން ކަމަށް 4 ދަރިވަރުން ވާދަކުރިއެވެ. އޭގެ ތެރެއިން ކެޕްޓަން ކަމަށް ހޮވުނީ އާސިޔަތު ހަސަނެވެ. އޭނާއަށް ލިބުނީ 46.4 ޕޮއިންޓެވެ.  ޗާނދަނީ ހައުސް ގެ ކެޕްޓަން ކަމުގެ މަގާމަށް 6 ދަރިވަރުން ކުރިމަތިލިއިރު އެންމެ ގިނަ ޕޮއިންޓް ލިބިގެން ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ، އަޙްމަދު އަބާން ޢަލީ އެވެ. އަބާންއަށް ލިބުނީ  47.5 އިންސައްތައެވެ. ކާމިނީ ހައުސްގެ ކެޕަޓަން ކަމަށް ކުރިމަތިލީ 6 ދަރިވަރުންނެވެ. 41.1 ޕޮއިންޓް ލިބިގެން ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ މުޙައްމަދު އައިހަމް އަޙްމަދެވެ. ޖަނަވަރީ ހައުސްގެ ކެޕްޓަން ކަމަށް 5 ދަރިވަރުން ކުރިމަތިލިއިރު  42.7 އިންސައްތަ ލިބިގެން ކެޕްޓަން މަގާމް ލިބުނީ ޢަބްދުއްސަލާމެވެ.

ހައުސްތަކުގެ ދަރިވަރުންގެ ވޯޓްލުން ބޭއްވުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހައުސްތަކުން ކުރިމަތިލީ ދަރިވަރުންނަށް އެހެން މަގާމް ތަކާ ޚިލާފަށް ވޯޓް ދިނީ އެ ހައުސެއްގެ ދަރިވަރުންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *