އެކޮލޮޖީ ދަތުރެއްގައި އަޙްމަދިއްޔާ ދަރިވަރުން ހުރާއަށް

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 12 ގެ ބަޔޮލޮޖީގެ ދަތުރެއްގައި އިއްޔެ މާލެ އަތޮޅު ހުރައަށް ޒިޔާރަތް ކޮށްފިއެވެ. މި ދަތުރަކީ، ބަޔޮލޮޖީގެ އެކޮލޮޖީ އާއި ބެހޭ ބައިތައް ދަސްކޮށް އިތުރަށް އޭގެ ޕްރެކްޓިކަލް ހެދުމަށް ބޭއްވި ދަތުރެކެވެ. މިދަތުރުގައި އަޙްމަދިއްޔާ ގްރޭޑް 12 ސައިންސް ސްޓްރީމްގެ 150 ދަރިވަރުންނާއި  25 ޓީޗަރުން ބައިވެރިވިއެވެ.

މި ދަތުރުގައި ހުރާގެ އެކި އެކި ދިރުންތަކާ ބެހޭ މަޢުލޫމާތު ދަރިވަރުން ހޯދިއެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރު ވައްތަރުގެ ގަސްގަހާގެހީގެ ބާވަތްތައް ދެނެގަނެ އެގަސްތަކާ ބެހޭ މަޢުލޫމާތު ހޯދިއެވެ.

ކޮޑްރެޓްސް ބޭނުންކޮށްގެން ވިނަ އާއި ތަފާތު ގަސްތައް ފަޅާފައި ހުރި ސަރަހައްދުތައް ބަލާ އަދިވިނަ އާއި ތަފާތު ގަސްތައް ހެދިފައިވާ ދުރުމިންބަލާހެދިއެވެ. އަދި މަސްކާށިދޫނީގެ އާބާދީ އާއި މަސްކާށިދޫނި އުޅޭ ސަރަހައްދުތައް ބަލާ ދިރާސާކޮށްހެދިއެވެ.

ހުރާ ކުޅީގައި ފެނުގެ ޕީއެޗް އަދި ޓެމްޕަރޭޗަރ ބަލާ ކުޅިން ފަށައިގެން މަގާ ހިސާބަށް ( 50 މީޓަރާ) ހުރި ކަކުނި ހޮރުތައް ގުނާހެދިއެވެ. އަދި ކުޅީގައި ހެދިފައިވާ ތަފާތު ގަސްތަކުގެ މަޢުލޫމާތާއި ދިރޭ ތަކެތީގެ މަޢުލޫމާތުވެސް ހޯދިއެވެ. މީގެ އިތުރަށް އިންސާނުންގެ ސަބަބުން ކުޅިއަށް ލިބިފައިވާ ގެއްލުންތައްވެސް ބަލާ ދިރާސާކުރިއެވެ.

މި ދަތުރާބެހޭ ގޮތުން އަޙްމަދިއްޔާ 1982 އަށް މަޢުލޫމާތުދެމުން ގިނަ ދަރިވަރުން ފާހަގަކުރި ގޮތުގައި މިދަތުރުގެ ސަބަބުން އޭލެވެލް އިމްތިހާން ހަދާއިރު ވަރަށް ބޮޑަށް ފައިދާތަކެއް ކުރާނެއެވެ.

އެގޮތުން ކަރުދާހުގައި ހުންނަ ސީދާ ސުވާލުތަކާގުޅޭ ޖަވާބުތައް މިދަތުރުގައި ލިބިގެން ދިޔަ ކަމުގައި ދަރިވަރުން ފާހަގަ ކުރިއެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ހަޔަރ ސެކަންޑަރީ ކެޕްޓަން އިޔާން ޢަލީ ބުނީ، ކުލާހުގައި ފޮތުން ދަސްކުރުމާއި ފީލްޑަކަށް މިގޮތަށް ނިކުމެ ދަސްކުރުމާއި ވަރަށްބޮޑު ތަފާތެއް ހުންނާނެކަމެވެ. "ކުލާހުގައި ކުއްޖާ ދަސްކުރާ ދަސްކުރުމުން ނުލިބޭ އެތަކެއް ފިލާވަޅުތަކެއް އެބަ ހަނދާންހުރޭ މިގޮތަށް މިކަހަލަ ޓްރިޕަކަށް އައިސް ސީދާ އެމަސައްކަތްކުރުމުން." އިޔާން ބުންޏެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *