އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 42 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން "އަޙްމަދިއްޔާ އަހަރީ ކުއިޒް 2024″ގެ ނަމުގައި ކުއިޒެއް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
މިއަދުން ފެށިގެން މި މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ކުއިޒުގެ ސުވާލުތައް ބިނާވެފައިވާނީ އަޙްމަދިއްޔާއާއި ގުޅޭ ތަފާތު މަޢުލޫމާތުގެ މައްޗަށެވެ. ކޮންމެ ދުވަހަކު ވެސް އެއް ސުވާލު މި ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ. ސުވާލު ޝާއިޢުުކުރާނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު ބާރަ ޖެހުމުގެ ކުރިންނެވެ. ޖަވާބުދިނުމުގެ ސުންގަޑިއަކީ އެ ސުވާލެއް ޝާއިޢުކުރާ ދުވަހެއްގެ ރޭ 10.00އެވެ.
ކޮންމެ ސުވާލަކަށްވެސް 3 ޖަވާބުދެވިފައިވާނެއެވެ. އެތަނުން ރަނގަޅު ޖަވާބު ގައި ފާހަގަ ޖަހާށެވެ.
އަޙްމަދިއްޔާގެ ގްރޭޑް 7، 8، 9 ،10، 11، އަދި 12ގެ ދަރިވަަރުންނަށް ބާއްވާ މި ކުއިޒުގެ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނީ ކްލާސްތަކުގެ ވައިބަރު އޮޅިތައް މެދުވެރިކޮށް ދަރިވަރުންނާ ހިއްސާކުރާ ގޫގަލް ފޯމެއް މެދުވެރިކޮށެވެ. މިގޮތުން އެންމެ ގިނަ ޖަވާބު ދިމާ ކުރާ ދަރިވަރަކަށް ވަރަށް ޚާއްޞަ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.