މަދްރަސަތުލް އަޙްމަދިއްޔާގެ ބިންގާ އަޅުއްވައިދެއްވީ 14 ޖޫން 1979 ގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމެވެ.

މަދްރަސަތުލް އަޙްމަދިއްޔާގެ ބިންގާ އެޅި ތާރީޚަކީ ކޮބާ؟

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 42 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން  ހުޅުވާލި "އަޙްމަދިއްޔާ އަހަރީ ކުއިޒް 2024″ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އެބައާދެއެވެ. އިއްޔެ ގެނެސްދިން ސުވާލަށް 142 ދަރިވަރުން ޖަވާބު ފޮނުވާފައިވެއެވެ. އޭގެ ތެރެއިން 119 ދަރިވަރުން (83.8 އިންސައްތަ) ޖަވާބު ދިމާކޮށްފައިވެއެވެ.

އިއްޔެ ގެނެސްދީފައިވާ ސުވާލުގެ ރަނގަޅު ޖަވާބަކީ މަދަރުސަތުލް އަޙްމަދިއްޔާގެ ބިންގާ އަޅުއްވައިދެއްވީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ.

 

މިއަދުގެ ސުވާލު:

މަދަރުސަތުލް އަޙްމަދިއްޔާގެ ބިންގާ އެޅި ތާރީޚަކީ ކޮބާ؟

ހ. 21 ފެބްރުވަރީ 1978

ށ. 14 ޖޫން 1979

ނ. 21 ޖޫން 1980

މި ސުވާލަށްވެސް ޖަވާބުދިނުމުގެ ސުންގަޑިއަކީ މިރޭ 10.00އެވެ.

އަޙްމަދިއްޔާގެ ގްރޭޑް 7، 8، 9 ،10، 11، އަދި 12ގެ ދަރިވަަރުންނަށް ބާއްވާ މި ކުއިޒުގެ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނީ ކްލާސްތަކުގެ ވައިބަރު އޮޅިތައް މެދުވެރިކޮށް ދަރިވަރުންނާ ހިއްސާކުރާ ގޫގަލް ފޯމެއް މެދުވެރިކޮށެވެ. މިގޮތުން އެންމެ ގިނަ ޖަވާބު ދިމާ ކުރާ ދަރިވަރަކަށް ވަރަށް ޚާއްޞަ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *