އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުވާލި "އަޙްމަދިއްޔާ އަހަރީ ކުއިޒް 2024″ ގެ 3 ވަނަ ދުވަހު (8 ފެބްރުއަރީ 2024) ގެނެސްދިން ސުވާލަށް ޖަވާބު ދީފައިވަނީ 164 ދަރިވަރުން ޖަވާބު ދީފައިވެއެވެ. އޭގެ ތެރެއިން ޖަވާބު ދިމާކުރެވުނީ 92 ދަރިވަރުންނަށެވެ.
އޭރުގެ މަދަރުސަތުލް އަޙްމަދިއްޔާ ޢިމާރާތް ކުރުމަށް ސަރުކާރުން ހިއްކައިދިން ބިމުގެ ބޮޑުމިން ހޯދުމަށް އިއްޔެ ކުރި ސުވާލަށް 12000 (ބާރަ ހާސް) އަކަފޫޓް ކަމަށް 58 ދަރިވަރުން ޖަވާބުދީފައި ވެއެވެ. 10000 (ދިހަ ހާސް) އަކަފޫޓް ކަމަށް ޖަވާބު ދީފައިވަނީ 14 ދަރިވަރުންނެވެ. 8000 (އަށްހާސް) އަކަފޫޓް ކަމަށް ޖަވާބު ދިނީ 92 ދަރިވަރުންނެވެ.
އިއްޔެ ގެނެސްދީފައިވާ ސުވާލުގެ ރަނގަޅު ޖަވާބަކީ އޭރުގެ މަދަރުސަތުލް އަޙްމަދިއްޔާ ޢިމާރާތް ކުރުމަށް ސަރުކާރުން ހިއްކައިދިން ބިމުގެ ބޮޑުމިން 8000 އަކަފޫޓެވެ.
މިއަދުގެ ސުވާލު:
އަޙްމަދިއްޔާ ހުޅުވުނީ ކޮން އަހަރެއްގެ ކޮން ދުވަހެއްގައި؟
ހ. 21 ފެބްރުއަރީ 1992
ށ. 4 ޖޫން 1980
ނ. 21 ފެބްރުއަރީ 1982
މި ސުވާލަށްވެސް ޖަވާބުދިނުމުގެ ސުންގަޑިއަކީ މިރޭ (9 ފެބްރުއަރީ 2024) 11.00 އެވެ.
އަޙްމަދިއްޔާގެ ގްރޭޑް 7، 8، 9 ،10، 11، އަދި 12ގެ ދަރިވަަރުންނަށް ބާއްވާ މި ކުއިޒުގެ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނީ ކްލާސްތަކުގެ ވައިބަރު އޮޅިތައް މެދުވެރިކޮށް ދަރިވަރުންނާ ހިއްސާކުރާ ގޫގަލް ފޯމެއް މެދުވެރިކޮށެވެ. ކޮންމެ ދަރިވަރަކުވެސް ފުރިހަމަ ނަމާއި ކުލާސް އިންޑެކްސް ނަންބަރު ޖަހަންވާނެއެވެ. ކޮންމެ ސުވާލަކަށްވެސް ޖަވާބުދެވޭނީ 1 ފަހަރުއެވެ. އެންމެ ގިނަ ޖަވާބު ދިމާ ކުރާ ދަރިވަރުންގެ ތެރެއިން 1 ވަނަ 2 ވަނަ 3 ވަނައަށް ހޮވޭ ދަރިވަރުންނަށް ސްކޫލްގެ 42 ވަނަ އަހަރީ ހަފްލާގައި ވަރަށް ޚާއްޞަ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.