އަޙްމަދިއްޔާ ހުޅުވުނުއިރު ހުރި ކްލާސްތަކުގެ އަދަދު ބުނެދީބަލަ!

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 42 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުވާލި "އަޙްމަދިއްޔާ އަހަރީ ކުއިޒް 2024″ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އެބައާދެއެވެ. 4 ވަނަ ދުވަހު (9 ފެބްރުއަރީ 2024) ގެނެސްދިން ސުވާލަކީ، މިހާތަނަށް އެންމެ ގިނަ ދަރިވަރުން ޖަވާބުދިން ސުވާލެވެ. އިއްޔެގެ ސުވާލަށް ޖަވާބު ދީފައިވަނީ 227 ދަރިވަރުންނެވެ. އޭގެ ތެރެއިން ޖަވާބު ދިމާކުރީ 210 ދަރިވަރުންނަށެވެ.

އަޙްމަދިއްޔާ ހުޅުވުނު ތާރީޚާބެހޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި 21 ފެބްރުއަރީ 1992 ކަމަށް ޖަވާބުދިނީ 9 ދަރިވަރުންނެވެ. 4 ޖޫން 1980 ކަމަށް ބުނެފައިވަނީ 8 ދަރިވަރުންނެވެ. 21 ފެބްރުއަރީ 1982 ކަމަށް ޖަވާބުދިނީީ 210 ދަރިވަރުންނެވެ.

އިއްޔެ ގެނެސްދީފައިވާ ސުވާލުގެ ރަނގަޅު ޖަވާބަކީ އަޙްމަދިއްޔާ ހުޅުވުނު ތާރީޚަކީ، 21 ފެބްރުއަރީ 1982 އެވެ.

މިއަދުގެ ސުވާލު:

އަޙްމަދިއްޔާ ހުޅުވުނުއިރު ހުރީ ކިތައް ކްލާސްރޫމް

ހ. 8 ކްލާސްރޫމް

ށ. 10 ކްލާސްރޫމް

ނ. 12 ކްލާސްރޫމް

މި ސުވާލަށް ޖަވާބުދިނުމުގެ ސުންގަޑިއަކީ މިރޭ (10 ފެބްރުއަރީ 2024) 11.00 އެވެ.

އަޙްމަދިއްޔާގެ ގްރޭޑް 7، 8، 9 ،10، 11، އަދި 12ގެ ދަރިވަަރުންނަށް ބާއްވާ މި ކުއިޒުގެ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނީ ކްލާސްތަކުގެ ވައިބަރު އޮޅިތައް މެދުވެރިކޮށް ދަރިވަރުންނާ ހިއްސާކުރާ ގޫގަލް ފޯމެއް މެދުވެރިކޮށެވެ. ކޮންމެ ދަރިވަރަކުވެސް ފުރިހަމަ ނަމާއި ކުލާސް އިންޑެކްސް ނަންބަރު ޖަހަންވާނެއެވެ. ކޮންމެ ސުވާލަކަށްވެސް ޖަވާބުދެވޭނީ 1 ފަހަރުއެވެ. އެންމެ ގިނަ ޖަވާބު ދިމާ ކުރާ ދަރިވަރުންގެ ތެރެއިން 1 ވަނަ 2 ވަނަ 3 ވަނައަށް ހޮވޭ ދަރިވަރުންނަށް ސްކޫލްގެ 42 ވަނަ އަހަރީ ހަފްލާގައި ވަރަށް ޚާއްޞަ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *