ބުރާސްފަތި, 24 އޭޕްރިލް 2025

އަޙްމަދިއްޔާގެ ބާނީއަކީ ކޮން ބޭފުޅެއް؟

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 42 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުވާލި "އަޙްމަދިއްޔާ އަހަރީ ކުއިޒް 2024″ އަށް އިއްޔެގެ ސުވާލަށް ވަރަށް ގިނަ ދަރިވަރުން ޖަވާބު ދީފައި ވެއެވެ. އިއްޔެގެ ސުވާލަށް ޖަވާބު ދީފައިވަނީ 237 ދަރިވަރުންނެވެ. އެއީ އޭގެ ކުރީ ދުވަހަށްވުރެ 10 ދަރިވަރުން އިތުރު އަދަދެކެވެ. އޭގެ ތެރެއިން ޖަވާބު ދިމާކުރީ 194 ދަރިވަރުންނަށެވެ.

އަޙްމަދިއްޔާ ހުޅުވުނު ްިރު ހުރި ކުލާސްރޫމްގެ ޢަދަދަކީ ކޮބައިތޯ ކުރި ސުވާލުގެ ޖަވާބުގައި 8 ކްލާސްރޫމް ކަމަށް ޖަވާބުދިނީ 194 ދަރިވަރުންނެވެ  10 ކްލާސްރޫމް ކަމަށް ބުނެފައިވަނީ 24 ދަރިވަރުންނެވެ. އަދި 12 ކްލާސްރޫމްކަމަށް ޖަވާބުދިނީީ 19 ދަރިވަރުންނެވެ.

އިއްޔެ ގެނެސްދީފައިވާ ސުވާލުގެ ރަނގަޅު ޖަވާބަކީ އަޙްމަދިއްޔާ ހުޅުވުނު ހުރީ 8 ކްލާސްރޫމެވެ

މިއަދުގެ ސުވާލު:

އަޙްމަދިއްޔާގެ ބާނީ އަކީ ކޮންބޭފުޅެއް؟

ހ. އަޙްމަދު ކާމިލް ދީދީ

ށ. ޑީ. އަޙްމަދު ދީދީ

ނ. އަޙްމަދު ފަހްމީ ދީދީ

މި ސުވާލަށް ޖަވާބުދިނުމުގެ ސުންގަޑިއަކީ މިރޭ (11 ފެބްރުއަރީ 2024) 10.00 އެވެ.

އަޙްމަދިއްޔާގެ ގްރޭޑް 7، 8، 9 ،10، 11، އަދި 12ގެ ދަރިވަަރުންނަށް ބާއްވާ މި ކުއިޒުގެ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނީ ކްލާސްތަކުގެ ވައިބަރު އޮޅިތައް މެދުވެރިކޮށް ދަރިވަރުންނާ ހިއްސާކުރާ ގޫގަލް ފޯމެއް މެދުވެރިކޮށެވެ. ކޮންމެ ދަރިވަރަކުވެސް ފުރިހަމަ ނަމާއި ކުލާސް އިންޑެކްސް ނަންބަރު ޖަހަންވާނެއެވެ. ކޮންމެ ސުވާލަކަށްވެސް ޖަވާބުދެވޭނީ 1 ފަހަރުއެވެ. އެންމެ ގިނަ ޖަވާބު ދިމާ ކުރާ ދަރިވަރުންގެ ތެރެއިން 1 ވަނަ 2 ވަނަ 3 ވަނައަށް ހޮވޭ ދަރިވަރުންނަށް ސްކޫލްގެ 42 ވަނަ އަހަރީ ހަފްލާގައި ވަރަށް ޚާއްޞަ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *