އަޙްމަދިއްޔާގެ ދަރިވަރުން ޢަލިރަސްގެފާނު ޒިޔާރަތަށް

ޝަހީދުންގެ ދުވަހާއި ގުޅުވައިގެން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު ގްރޭޑް 7 ގެ ދަރިވަރުން އަލިރަސްގެފާނު ޒިޔާރަތަށް ޒިޔާރަތްކޮށ،ް އަލިރަސްގެފާނު ޒިޔާރަތާ ގުޅޭ މަޢުލޫމާތު ހޯދައިފިއެވެ.

މިޒިޔާރަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދިވެހި ޑިޕާޓްމަންޓްގެ ހެޑް ކޯޑިނޭޓަރ މުހަންމަދު އާދަމް ސަލީމް ވިދާޅުވީ ގައުމުގެ ތާރީޚީ ދުވަސްތަކުގެ ހަނދާން އައުކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެއީ ގައުމުގެ މާޒީގެ ތެރެއަށް މިއަދުގެ ޖީލު ވަނުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި ގައުމުގެ ތާރީޚަކީ ގައުމުގެ މާޒީ ކަމަށާއި ގައުމުގެ މާޒީއާއި ހަނދާންތައް ގައުމުގެ ޒުވާން ޖީލަށް ފޯރުކޮށްދިނުމަކީ ގައުމީ ފެންވަރުގައި ހުރިހާ އެންމެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ބޭނުންވަނީ ދިވެހި ގައުމިއްޔަތުގެ ބަހާތައް ޒުވާން ޖީލަށް ވީހާވެސް ހެޔޮގޮތުގައި ފޯރުކޮށްދިނުން ކަމުގައެވެ. އަހްމަދިއްޔާ ސްކޫލްގެ މަގްސަދަކީ ސްކޫލް ނިންމާ ދަރިވަރުންނަކީ ގައުމިއްޔަތު ދެކެ ލޯބިވާ ރާއްޖޭގެ ތާރީޚް އެނގޭ ދިވެހި ބަހަށް އަހުލުވެރި ބައެއްގެ ގޮތުގައި ހެދުން ކަމަށެވެ. އެސްކޫލްގެ ފަރާތުން އަލިރަސްގެފާން ޒިޔާރަތަށް ޒިޔާރަތްކުރި ދަރިވަރުންވެސް ވަނީ ޝަހީދުންގެ ދުވަސްފަދަ ގައުމީ ތާރީޚީ ދުވަސްތަކުގެ ހަނދާން އާކުރުމަކީ ކޮންމެ މީހެއްވެސް އުފުލަންޖެހޭ ގައުމީ ޒިންމާއެއް ކަމުގައިވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރީ 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީން 14 ޖޫން 1980 ގައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *