އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 42 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުވާލި "އަޙްމަދިއްޔާ އަހަރީ ކުއިޒް 2024″ އަށް އިއްޔެގެ ސުވާލަށް ޖަވާބު ދީފައިވަނީ 182 ދަރިވަރުންނެވެ. އެއީ އޭގެ ތެރެއިން ޖަވާބު ދިމާކުރީ 161 ދަރިވަރުންނަށެވެ.
އިއްޔެ ކުރެވުނު ސުވާލަކީ އަޙމަދިއްޔާގެ ބާނީ އަކީ ކޮންބޭފުޅެއްތޯއެވެ. 161 ދަރިވަރުން ޖަވާބުދިނީ ޑީ އަޙްމަދު ދީދީ ކަމަށެވެ. 16 ދަރިވަރުން ބުނީ އަޙްމަދު ކާމިލް ދީދީ އެވެ. އަދި 5 ދަރިވަރުން އަޙްމަދު ފަހްމީ ދީދީ ކަމުގައި ބުނެފައިވެއެވެ.
އިއްޔެ ގެނެސްދީފައިވާ ސުވާލުގެ ރަނގަޅު ޖަވާބަކީ އަޙްމަދިއްޔާ ގެ ބާނީ އަކީ ޑީ. އަޙްމަދު ދީދީ އެވެ.
މި ސުވާލަށް ޖަވާބުދިނުމުގެ ސުންގަޑިއަކީ މިރޭ (12 ފެބްރުއަރީ 2024) 10.00 އެވެ.
އަޙްމަދިއްޔާގެ ގްރޭޑް 7، 8، 9 ،10، 11، އަދި 12ގެ ދަރިވަަރުންނަށް ބާއްވާ މި ކުއިޒުގެ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނީ ކްލާސްތަކުގެ ވައިބަރު އޮޅިތައް މެދުވެރިކޮށް ދަރިވަރުންނާ ހިއްސާކުރާ ގޫގަލް ފޯމެއް މެދުވެރިކޮށެވެ. ކޮންމެ ދަރިވަރަކުވެސް ފުރިހަމަ ނަމާއި ކުލާސް އިންޑެކްސް ނަންބަރު ޖަހަންވާނެއެވެ. ކޮންމެ ސުވާލަކަށްވެސް ޖަވާބުދެވޭނީ 1 ފަހަރުއެވެ. އެންމެ ގިނަ ޖަވާބު ދިމާ ކުރާ ދަރިވަރުންގެ ތެރެއިން 1 ވަނަ 2 ވަނަ 3 ވަނައަށް ހޮވޭ ދަރިވަރުންނަށް ސްކޫލްގެ 42 ވަނަ އަހަރީ ހަފްލާގައި ވަރަށް ޚާއްޞަ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.