މަތީސާނަވީ ދަރިވަރުންގެ ކައުންސިލް ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންގެ ކައުންސިލް އިފްތިތާޙްކުރުމާއި ޕްރިފެކްޓުން ހުވާކުރުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.
މިރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަކީ މަތީ ތައުލީމާއި ހުނަރާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއެވެ.


ކީރިތި ގުރުއާނުގެ ބަރަކާތުން ގްރޭޑް 12އެޗުގެ ދަރިވަރު މީޒާ އަޙްމަދު ޒާހިރު ފަށައިދިން މި ޖަލްސާގައި ޕްރިފެކްޓުންނަށް ހުވާލައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޒް އައްޝައިޚް އަޙްމަދު ފަހުމީދީދީއެވެ.


ޝަރަފްވެރި މެހްމާންގެ ވާހަކަފުޅުގައި މިއަދު ސްކޫލުގެ އިސް މަގާމްތަކުގައި މި ތިބި ކުދިންނަކީ މާދަމާ ގައުމުގެ ކަންކަން ވިލަރެސްކޮށް ހިންގަން ތިބޭނޭ ކުދިން ކަމުން އެ ކުދިންގެ ކިޔެވުމާއި އުޅުމާއި ގުޅުމާއި އަޚްލާގު ރަނގަޅު ހެޔޮ ގޮތުގައި ބައްޓަންވެގެން ދިއުމުގެ މުހިންމުކަން ފާހަގަކުރައްވައި ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.


ޝުކުރުދެންނެވުމުގެ ގޮތުން ވާހަކަދެއްކީ މިއަހަރުގެ މަތީ ސާނަވީ ކެޕްޓަން އިޔާން ޢަލީ މޫސާއެވެ.


ޖަލްސާ ނިމުނީ ޤައުމީ ސަލާމުންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *