އަޙްމަދިއްޔާގެ ފުރަތަމަ ނާޒިރަކީ ކޮން ބޭފުޅެއް؟

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 42 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުވާލި "އަޙްމަދިއްޔާ އަހަރީ ކުއިޒް 2024″ އަށް އިއްޔެގެ ސުވާލަށް ޖަވާބު ދީފައިވަނީ 161 ދަރިވަރުންނެވެ. އެއީ  އޭގެ ތެރެއިން ޖަވާބު ދިމާކުރީ 149 ދަރިވަރުންނަށެވެ.

އިއްޔެ ކުރެވުނު ސުވާލަކީ އަޙްމަދިއްޔާ ހުޅުއްވައިދެްވީ ކޮން ބޭފުޅެއްތޯ ކުރެވުނު ސުވާލަށް 5 ދަރިވަރުން ޖަވާބުދިނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ކަމުގައެވެ. 149 ދަރިވަރުން ބުނީ މައުމޫން ޢަބްދުލްޤައްޔޫމް ކަމުގައެވެ އަދި ޑީ. އަޙްމަދު ދީދީ ކަމަށް 7 ދަރިވަރުން ބުނެފައިވެއެވެ.

 

އިއްޔެ ގެނެސްދީފައިވާ ސުވާލުގެ ރަނގަޅު ޖަވާބަކީ މަދްރަސަތުލް އަޙްމަދިއްޔާ ހުޅުއްވައިދެއްވީ މައުމޫން ޢަބްދުލްޤައްޔޫމެވެ.

މިއަދުގެ ސުވާލު: (އަށްވަނަ ސުވާލު)

އަޙްމަދިއްޔާގެ ފުރަތަމަ ނާޒިރަކީ ކޮން ބޭފުޅެއް؟

ހ. ޢަބްދުއްސަމީޢު ޙަސަން

ށ. ޢަބްދުއްރަޝީދު ޢަލީ

ނ. އަޙްމަދު ޙާފިޒު

މި ސުވާލަށް ޖަވާބުދިނުމުގެ ސުންގަޑިއަކީ މިރޭ (13 ފެބްރުއަރީ 2024) 10.00 އެވެ.

އަޙްމަދިއްޔާގެ ގްރޭޑް 7، 8، 9 ،10، 11، އަދި 12ގެ ދަރިވަަރުންނަށް ބާއްވާ މި ކުއިޒުގެ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނީ ކްލާސްތަކުގެ ވައިބަރު އޮޅިތައް މެދުވެރިކޮށް ދަރިވަރުންނާ ހިއްސާކުރާ ގޫގަލް ފޯމެއް މެދުވެރިކޮށެވެ. ކޮންމެ ދަރިވަރަކުވެސް ފުރިހަމަ ނަމާއި ކުލާސް އިންޑެކްސް ނަންބަރު ޖަހަންވާނެއެވެ. ކޮންމެ ސުވާލަކަށްވެސް ޖަވާބުދެވޭނީ 1 ފަހަރުއެވެ. އެންމެ ގިނަ ޖަވާބު ދިމާ ކުރާ ދަރިވަރުންގެ ތެރެއިން 1 ވަނަ 2 ވަނަ 3 ވަނައަށް ހޮވޭ ދަރިވަރުންނަށް ސްކޫލްގެ 42 ވަނަ އަހަރީ ހަފްލާގައި ވަރަށް ޚާއްޞަ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *