އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 42 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުވާލި "އަޙްމަދިއްޔާ އަހަރީ ކުއިޒް 2024″ އަށް އިއްޔެގެ ސުވާލަށް ޖަވާބު ދީފައިވަނީ 132 ދަރިވަރުންނެވެ. އެއީ އޭގެ ތެރެއިން ޖަވާބު ދިމާކުރީ 119 ދަރިވަރުންނަށެވެ.
އަޙްމަދިއްޔާގެ ފުރަތަމަ ނާޒިރަކީ ކޮންބޭފުޅެއްތޯ އިއްޔެ ކުރެވުނު ސުވާލަށް 9 ދަރިވަރުން ޖަވާބުދިނީ ޢަބްދުއްސަމީޢު ކަމަށެވެ. ޢަބްދުއްރަޝީދު ޢަލީ ކަމަށް 119 ދަރިވަރުން ޖަވާބުދީފައިވެއެވެ. 4 ދަރިވަރުން ޖަވާބުދިނީ އަޙްމަދު ޙާާފިޒު ކަމުގައެވެ.
އިއްޔެ ގެނެސްދީފައިވާ ސުވާލުގެ ރަނގަޅު ޖަވާބަކީ އަޙްމަދިއްޔާގެ ފުރަތަމަ ނާޒިރަކީ ޢަބްދުއްރަޝީދު ޢަލީ އެވެ.
މިއަދުގެ ސުވާލު: (ނުވަވަނަ ސުވާލު)
އަޙްމަދިއްޔާގެ ގްރޭޑް 7، 8، 9 ،10، 11، އަދި 12ގެ ދަރިވަަރުންނަށް ބާއްވާ މި ކުއިޒުގެ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނީ ކްލާސްތަކުގެ ވައިބަރު އޮޅިތައް މެދުވެރިކޮށް ދަރިވަރުންނާ ހިއްސާކުރާ ގޫގަލް ފޯމެއް މެދުވެރިކޮށެވެ. ކޮންމެ ދަރިވަރަކުވެސް ފުރިހަމަ ނަމާއި ކުލާސް އިންޑެކްސް ނަންބަރު ޖަހަންވާނެއެވެ. ކޮންމެ ސުވާލަކަށްވެސް ޖަވާބުދެވޭނީ 1 ފަހަރުއެވެ. އެންމެ ގިނަ ޖަވާބު ދިމާ ކުރާ ދަރިވަރުންގެ ތެރެއިން 1 ވަނަ 2 ވަނަ 3 ވަނައަށް ހޮވޭ ދަރިވަރުންނަށް ސްކޫލްގެ 42 ވަނަ އަހަރީ ހަފްލާގައި ވަރަށް ޚާއްޞަ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.