އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 42 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުވާލި "އަޙްމަދިއްޔާ އަހަރީ ކުއިޒް 2024″ އަށް މިހާތަނަށް އެންމެ މަދު ދަރިވަރުން ޖަވާބުދީފައިވަނީ އިއްޔެ (9 ވަނަ ދުވަސް) ގެނެސްދިން ސުވާލަށެވެ. އެ ސުވާލަށް ޖަވާބު ދީފައިވަނީ 98 ދަރިވަރުންނެވެ. އެއީ އޭގެ ތެރެއިން ޖަވާބު ދިމާކުރެވުނީ އެންމެ 17 ދަރިވަރުންނަށެވެ. މިއީ މިހާތަނަށް އެންމެ މަދު ދަރިވަރުންނަށް ޖަވާބު ދިމާކުރެވުނު ސުވާލެވެ.
އިއްޔެގެ ސުވާލުގައި ގެނެސްދިނީ އަޙްމަދިއްޔާގެ ދަރިވަރުން ފުރަތަމަ ބަހާލެވުނު ބައިތަކަކީ ކޮބައިތޯއެވެ. ޖަނަވަރީ ހައުސް އާއި ޗާނދަނީ ހައުސް ކަމަށް ޖަވަބުދިނީ، 41 ދަރިވަރުންނެވެ. ހުވަނދުމާ ހައުސްއާއި ޖަނަވަރީ ހައުސް ކަމަށް ޖަވާބުދިނީ 40 ދަރިވަރުންނެވެ. ކާމިނީ ހައުސް އާއި ހުވަނދުމާ ހައުސް ކަމަށް ބުނެފައިވަނީ 17 ދަރިވަރުންނެވެ.
އިއްޔެ ގެނެސްދީފައިވާ ސުވާލުގެ ރަނގަޅު ޖަވާބަކީ އަޙްމަދިއްޔާގެ ދަރިވަރުން ފުރަތަމަ ބަހާލެވުނު ބައިތަކަކީ، ކާމިނީ ހައުސް އާއި ހުވަނދުމާ ހައުސް އެވެ.
މިއަދުގެ ސުވާލު: (ދިހަވަނަ ސުވާލު)
އަޙްމަދިއްޔާގެ ގްރޭޑް 7، 8، 9 ،10، 11، އަދި 12ގެ ދަރިވަަރުންނަށް މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި ކުއިޒުގެ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނީ ކްލާސްތަކުގެ ވައިބަރު އޮޅިތައް މެދުވެރިކޮށް ދަރިވަރުންނާ ހިއްސާކުރާ ގޫގަލް ފޯމެއް މެދުވެރިކޮށެވެ. ކޮންމެ ދަރިވަރަކުވެސް ފުރިހަމަ ނަމާއި ކުލާސް އިންޑެކްސް ނަންބަރު ޖަހަންވާނެއެވެ. ކޮންމެ ސުވާލަކަށްވެސް ޖަވާބުދެވޭނީ 1 ފަހަރުއެވެ. އެންމެ ގިނަ ޖަވާބު ދިމާ ކުރާ ދަރިވަރުންގެ ތެރެއިން 1 ވަނަ 2 ވަނަ 3 ވަނައަށް ހޮވޭ ދަރިވަރުންނަށް ސްކޫލްގެ 42 ވަނަ އަހަރީ ހަފްލާގައި ވަރަށް ޚާއްޞަ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.