އަޙްމަދިއްޔާ ހުޅުވިއިރު ތިބީ ކިތައް ދަރިވަރުންކަން ބުނެދީބަލަ!

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 42 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުވާލި "އަޙްމަދިއްޔާ އަހަރީ ކުއިޒް 2024″ އަށް އިއްޔެގެ ސުވާލަށް ޖަވާބު ދީފައިވަނީ 111 ދަރިވަރުންނެވެ. އެއީ  އޭގެ ތެރެއިން ޖަވާބު ދިމާކުރީ 68 ދަރިވަރުންނަށެވެ.

އިއްޔެގެ ސުވާލަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުވި ތާރިޚަކީ ކޮބައިތޯއެވެ؟ 10 ދަރިވަރުން ޖަވާބުދިނީ 15 ޖޫން 2015 ކަމަށެވެ. 21 ފެބްރުއަރީ 2015 ކަމަށް 33 ދަރިވަރުން ޖަވާބުދީފައިވެއެވެ.  68 ދަރިވަރުން ޖަވާބުދިނީ 14 ޖެނުއަރީ 2015 ކަމުގައެވެ.

 

އިއްޔެ ގެނެސްދީފައިވާ ސުވާލުގެ ރަނގަޅު ޖަވާބަކީ އަޙްމަދިއްޔާ، އިންޓނޭޝަނަލް ސްކޫލަކަށް ބަދަލުވީ 14 ޖެނުއަރީ 2015 ގައެވެ.

މިއަދުގެ ސުވާލު: (އެގާރަ ވަނަ ސުވާލު)

އަޙްމަދިއްޔާ ހުޅުވިއިރު ތިބީ ކިތައް ދަރިވަރުން؟

ހ. 120 ދަރިވަރުން

ށ. 150 ދަރިވަރުން

ނ. 200 ދަރިވަރުން

މި ސުވާލަށް ޖަވާބުދިނުމުގެ ސުންގަޑިއަކީ މިރޭ (16 ފެބްރުއަރީ 2024) 11.00 އެވެ.

އަޙްމަދިއްޔާގެ ގްރޭޑް 7، 8، 9 ،10، 11، އަދި 12ގެ ދަރިވަަރުންނަށް މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި ކުއިޒުގެ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނީ ކްލާސްތަކުގެ ވައިބަރު އޮޅިތައް މެދުވެރިކޮށް ދަރިވަރުންނާ ހިއްސާކުރާ ގޫގަލް ފޯމެއް މެދުވެރިކޮށެވެ. ކޮންމެ ދަރިވަރަކުވެސް ފުރިހަމަ ނަމާއި ކުލާސް އިންޑެކްސް ނަންބަރު ޖަހަންވާނެއެވެ. ކޮންމެ ސުވާލަކަށްވެސް ޖަވާބުދެވޭނީ 1 ފަހަރުއެވެ. އެންމެ ގިނަ ޖަވާބު ދިމާ ކުރާ ދަރިވަރުންގެ ތެރެއިން 1 ވަނަ 2 ވަނަ 3 ވަނައަށް ހޮވޭ ދަރިވަރުންނަށް ސްކޫލްގެ 42 ވަނަ އަހަރީ ހަފްލާގައި ވަރަށް ޚާއްޞަ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *