އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 42 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުވާލި "އަޙްމަދިއްޔާ އަހަރީ ކުއިޒް 2024″ ގައި 14 ސުވާލު ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. މިއަދު މި ގެނެސްދެވެނީ 12 ވަނަ ސުވާލެވެ. ދެން ބާކީ އޮންނަނީ 2 ސުވާލެވެ.
އިއްޔެ ގެނެސްދިން ސުވާލަށް ޖަވާބު ދީފައިވަނީ 133 ދަރިވަރުންނެވެ. އެއީ އޭގެ ތެރެއިން ޖަވާބު ދިމާކުރީ 111 ދަރިވަރުންނަށެވެ.
އަހްމަދިއްޔާ ހުޅުވިއިރު ތިބީ ކިތައް ދަރިވަރުންތޯ ކުރެވުނު ސުވާލަށް 12 ކުދިން ޖަވާބުދިނީ 120 ދަރިވަރުން ކަމުގައެވެ. 10 ކުދިން ބުނީ 150 ދަރިވަރުން ކަމުގައެވެ. 111 ކުދިން ޖަވާބުދިނީ 200 ދަރިވަރުން ކަމުގައެވެ.
އިއްޔެ ގެނެސްދީފައިވާ ސުވާލުގެ ރަނގަޅު ޖަވާބަކީ އަޙްމަދިއްޔާ ހުޅުވިއިރު ތިބީ 200 ދަރިވަރުންނެވެ.
މިއަދުގެ ސުވާލު: (ބާރަ ވަނަ ސުވާލު)
އަޙްމަދިއްޔާގެ ގްރޭޑް 7، 8، 9 ،10، 11، އަދި 12ގެ ދަރިވަަރުންނަށް މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި ކުއިޒުގެ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނީ ކްލާސްތަކުގެ ވައިބަރު އޮޅިތައް މެދުވެރިކޮށް ދަރިވަރުންނާ ހިއްސާކުރާ ގޫގަލް ފޯމެއް މެދުވެރިކޮށެވެ. ކޮންމެ ދަރިވަރަކުވެސް ފުރިހަމަ ނަމާއި ކުލާސް އިންޑެކްސް ނަންބަރު ޖަހަންވާނެއެވެ. ކޮންމެ ސުވާލަކަށްވެސް ޖަވާބުދެވޭނީ 1 ފަހަރުއެވެ. އެންމެ ގިނަ ޖަވާބު ދިމާ ކުރާ ދަރިވަރުންގެ ތެރެއިން 1 ވަނަ 2 ވަނަ 3 ވަނައަށް ހޮވޭ ދަރިވަރުންނަށް ސްކޫލްގެ 42 ވަނަ އަހަރީ ހަފްލާގައި ވަރަށް ޚާއްޞަ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.