އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 42 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުވާލި "އަޙްމަދިއްޔާ އަހަރީ ކުއިޒް 2024″ ގައި 14 ސުވާލު ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ. މިއަދު މި ގެނެސްދެވެނީ 13 ވަނަ ސުވާލެވެ. ދެން ބާކީ އޮންނަނީ އެންމެ ސުވާލެކެވެ.
އިއްޔެ ގެނެސްދިން ސުވާލަށް ޖަވާބު ދީފައިވަނީ 135 ދަރިވަރުންނެވެ. އެއީ އޭގެ ތެރެއިން ޖަވާބު ދިމާކުރީ 67 ދަރިވަރުންނަށެވެ.
އަހްމަދިއްޔާ، އޯލެވެލް އިމްތިޙާންގައި ބައިވެރިވީ ކޮންއަހަރަކުތޯ ކުރެވުނު ސުވާލަށް 36 ކުދިން ޖަވާބުދިނީ 1985 ވަނަ އަހަރު ކަމުގައެވެ. 67 ކުދިން ބުނީ 1990 ވަނަ އަހަރު ކަމުގައެވެ. 32 ކުދިން ޖަވާބުދިނީ 1995 ވަނަ އަހަރު ކަމުގައެވެ.
އިއްޔެ ގެނެސްދީފައިވާ ސުވާލުގެ ރަނގަޅު ޖަވާބަކީ އަޙްމަދިއްޔާ، އޯލެވެލް އިމަތިޙާންގައި ބައިވެރިވީ 1990 ވަނަ އަހަރު އެވެ.
މިއަދުގެ ސުވާލު: (ތޭރަ ވަނަ ސުވާލު)
އަޙްމަދިއްޔާގެ އެންމެ ފުރަތަމަ ސްކޫލް ލަވައަކީ….
ހ. ޢުލޫމީ ދިވެހި ގުލްޒާރުން ވިދާމީ އަޙްމަދިއްޔާއޭ….
ށ. ހުދާ އަޅިކުލައިން ރަމްޒުކޮށްދޭ ނިޝާން…..
ނ. ޒަމާނާއެކީ އުގެނެމުން ކުރިއަރާނަން…..
މި ސުވާލަށް ޖަވާބުދިނުމުގެ ސުންގަޑިއަކީ މިރޭ (18 ފެބްރުއަރީ 2024) 10.00 އެވެ.
އަޙްމަދިއްޔާގެ ގްރޭޑް 7، 8، 9 ،10، 11، އަދި 12ގެ ދަރިވަަރުންނަށް މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި ކުއިޒުގެ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނީ ކްލާސްތަކުގެ ވައިބަރު އޮޅިތައް މެދުވެރިކޮށް ދަރިވަރުންނާ ހިއްސާކުރާ ގޫގަލް ފޯމެއް މެދުވެރިކޮށެވެ. ކޮންމެ ދަރިވަރަކުވެސް ފުރިހަމަ ނަމާއި ކުލާސް އިންޑެކްސް ނަންބަރު ޖަހަންވާނެއެވެ. ކޮންމެ ސުވާލަކަށްވެސް ޖަވާބުދެވޭނީ 1 ފަހަރުއެވެ. އެންމެ ގިނަ ޖަވާބު ދިމާ ކުރާ ދަރިވަރުންގެ ތެރެއިން 1 ވަނަ 2 ވަނަ 3 ވަނައަށް ހޮވޭ ދަރިވަރުންނަށް ސްކޫލްގެ 42 ވަނަ އަހަރީ ހަފްލާގައި ވަރަށް ޚާއްޞަ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.