އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 42 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުވާލި "އަޙްމަދިއްޔާ އަހަރީ ކުއިޒް 2024″ ގެ ސުވާލު މުބާރާތް މިހާރުވަނީ ނިމިފައެވެ. ނަތީޖާ ފާޅުކުރުމާއި އިނާމު ދިނން އޮންނާނީ މާދަމާ ހެނދުނު ބޭއްވޭ އަހަރީދުވަހުގެ ޚާއްޞަ ޙަފްލާއެއްގައެވެ.
އިއްޔެ ގެނެސްދިން ސުވާލަށް ޖަވާބު ދީފައިވަނީ 103 ދަރިވަރުންނެވެ. އެއީ އޭގެ ތެރެއިން ޖަވާބު ދިމާކުރީ 36 ދަރިވަރުންނެވެ.
އަޙްމަދިއްޔާގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދަކީ އަޙްމަދިްޔާގެ ކިތައްވަނަ ޕްރިންސިޕަލް ކަމަށް ކުރި ސުވާލަށް 11 ދަރިވަރުން ޖަވާބުދިނީ 5 ވަނަ ޕްރިންސިޕަލް ކަމުގައެވެ. 6 ވަނަ ޕްރިންސިޕަލް ކަމަށް ޖަވާބުދިނީ 38 ދަރިވަރުނެވެ. 54 ދަރިވަރުން ޖަވާބުދިނީ 7 ވަނަ ޕްރިންސިޕަލް ކަމުގައެވެ.
އިއްޔެ ގެނެސްދީފައިވާ ސުވާލުގެ ރަނގަޅު ޖަވާބަކީ އަޙްމަދިއްޔާގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދަކީ އަޙްމަދިއްޔާގެ 6 ވަނަ ޕްރިންސިޕަލެވެ.
އަޙްމަދިއްޔާގެ ފުރަތަމަ ޕްރިންސިޕަލަކީ، ޢަބްދުއްރަޝީދު ޢަލީ އެވެ.
އަޙްމަދިއްޔާގެ ދެވަނަ ޕްރިންސިޕަލަކީ، ކޮޕީ މުޙައްމަދު ރަޝީދެވެ
އަޙްމަދިއްޔާގެ ތިންވަނަ ޕްރިންސިޕަލަކީ، ފުރަތަމަ ޕްރިންސިޕަލްކަން އަދާކުރެއްވި ޢަބްދުއްރަޝީދު ޢަލީ އެވެ.
އަޙްމަދިއްޔާގެ ހަތަރުވަނަ ޕްރިންސިޕަލަކީ، ޢަބްދުއްސަމީޢު ޙަސަނެވެ.
އަޙްމަދިއްޔާގެ ފަސްވަނަ ޕްރިންސިޕަލަކީ، ގަހާ އަޙްމަދު ސަޢީދެވެ.
އަޙްމަދިއްޔާގެ ހަވަނަ ޕްރިންސިޕަލަކީ، މުޙައްމަދު ރަޝީދެވެ
އަޙްމަދިއްޔާގެ ގްރޭޑް 7، 8، 9 ،10، 11، އަދި 12ގެ ދަރިވަަރުންނަށް މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި ކުއިޒް މުބާރާތަށް ވަރަށްގިނަ ދަރިވަރުންގެ ތަރުޙީބު ލިބުނެވެ.