އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 42 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުވާލި "އަޙްމަދިއްޔާ އަހަރީ ކުއިޒް 2024″ ގެ ސުވާލު މުބާރާތުން 1 ވަނަ ގްރޭޑް 11 އޭ ގެ މިންހަތު މުޙައްމަދު ހޯދައިފިއެވެ. މިންހަތު 1 ވަނަ ހޯދީ މުބާރާތުގައި ގެނެސްދިން 14 ސުވާލުގެ ތެރެއިން 13 ސުވާލުގެ ޖަވާބު ދިމާކޮށްގެންނެވެ. އޭނާއަށް ޖަވާބު ދިމާނުކުރެވުނީ 13 ވަނަ ސުވާލަށެވެ. އެއީ، އެންމެ ފުރަތަމަ ސްކޫލް ލަވަޔާބެހޭގޮތުން ކުރި ސުވާލެވެ. މި މުބާރާތުން ދެން އެންމެ ގިނަ ދަރިވަރުންނަށް ޖަވާބު ދިމާކުރެވުނީ 12 ސުވާލުގެއެވެ. އެގޮތުން 5 ދަރިވަރަކު 12 ސުވާލުގެ ޖަވާބު ރަނގަޅުކުރިއެވެ. އެ ފަސް ދަރިވަރުންގެ މެދުގައި ވަނަ ހޮވަން ގުރުއަތުލުމުގެ ބަދަލުގައި ސްކޫލުން ނިންމީ 5 ދަރިވަރުންނަށްވެސް އިނާމު ދޭގޮތަށެވެ. ވަނަ ވަނައަށްދިޔަ ދަރިވަރުންނަށް ގިފްޓް ވައުޗަރ ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާން މާލެސިޓީގެ މޭޔަރ އާދަމް ޢާޒިމެވެ.
12 ސުވާލުގެ ޖަވާބު ދިމާކުރި ދަރިވަރުންގެ ތެރެއިން 11 ޖޭ ގެ އަހްމަދު ރައްޔާން މުޙައްމަދު އަނީސް 8 ވަނަ ސުވާލާއި 9 ވަނަ ސުވާލު ނޫން ހުރިހާ ސުވާލެއްގެ ޖަވާބު ރަނގަޅު ކުރިއެވެ.
12 އީ ގެ މީސަމް ސާރިމް 4 ވަނަ ސުވާލާއި 14 ވަނަ ސުވާލު ނޫން ހުރިހާ ސުވާލެއްގެ ޖަވާބު ދިމާކުރިއެވެ.
ނަޖްލާ ޢަލީ 11 އެލް އަށް ޖަވާބު ނުދެވުނީ، އެންމެ ފަހު 2 ސުވާލު ކަމުގައިވާ 13 ވަނަ ސުވާލާއި 14 ވަނަ ސުވާލަށެވެ.
11 ޖީ ގެ ޝުޢާއު އިސްމާޢީލް ޝާން ފުރަތަމަ ސުވާލާއި 9 ވަނަ ސުވާލު ނޫން ހުރިހާ ސުވާލެއްގެ ޖަވާބު ރަނގަޅު ކުރިއެވެ.
11 އޭ ގެ މަރިޔަމް ރޫޔާ އަށް ޖަވާބު ދިމާ ނުކުރެވުނީ، 12 ވަނަ ސުވާލާއި 14 ވަނަ ސުވާލަށެވެ.
މި މުބާރާތުގައި 11 ސުވާލުގެ ޖަވާބު ރަނގަޅު ކުރީ 10 ދަރިވަރުންނެވެ. އެއީ ޢަބްދުﷲ ނާބިޙް ނާޝިދު 8 އީ، ޢައިޝަތު ޝައުކާ އަހްމަދު 11 އެޗް، އާމިނަތު ފާޠިނާ އަހްމަދދު 12 ސީ، އާމިނަތު އައިނީ ސިފާން 9 އޭ، ޖަންނާ ޖާދުﷲ ޙަސަން 9 ސީ، ކައިސް މިކްޔާލް ބިން ސަމާހް 7 ސީ، މުޙައްމަދު އަޒާން ޢަބްދުއްރަޙްމާން 10ޑީ، ޝައިހާން ޢަބްދުލް ފައްތާޙް 12 އީ، ޔޫސުފް ބިން ޢަބްދުﷲ 10 ޑީ، އަދި ޔުމްނު މުޙައްމަދު ފައިސަލް 9 ސީ އެވެ.