ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް 2024
2024ވަނަ އަހަރުގެ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހުގެ ޝިޢާރަކީ " ގިނަބައްސަ ތަޢުލީމަކީ ޖީލުތަކުގެ މެދުގައި އުނގެނުމުގެ ތަނބެކެވެ. " އަދުގެ ދުނިޔޭގައި 250 މިލިޔަން ކުދިންނާއި ޒުވާނުންނަށް ސްކޫލަށް ދިއުމުގެ ފުރުސަތު އަދިވެސް ފަހިވެފައެއް ނުވެއެވެ. ހަމަ އެހެންމެ، 763 މިލިޔަން މީހުނަށް ލިޔެކިޔުމުގެ އަސާސީ ހުނަރުތައް ލިބެފައެއް ނުވެއެވެ.
މާދަރީބަހުން ތަޢުލީމު ދިނުމުން އުނގެނުމަށާއި، ލިޔަންކިޔަން ދަތުމަށާއި، އިތުރު ބަސްތައް ދަސްކުރުމަށްވެސް ހިތްވަރު ލިބެއެވެ.
ގިނަބައްސަ ތަޢުލީމެއް މުހިންމުވާ ސަބަބު
ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް – 2024 އަކީ، ގިނަބައްސަ ތަޢުލީމުގައި ކިޔަވައިދޭ ބަހަކީ ދަރިވަރުގެ މާދަރީބަހަށް ވުމުން އުނގެނުމަށް އަންނަ ފަހިކަން އިތުރުވާކަން ބައިނަލްއަޤުވާމީ މުޖުތަމަޢަށް ހަނދާންކޮށްދިނުމުގެ ފުރުޞަތެކެވެ. ލިޔަންކިޔަން ދަސްކުރުމަށާއި އުނގެނުމަށް ދަރިވަރުންގެ މާދަރީ ބަސް ބޭނުންކުރުމަކީ ތަޢުލީމަށާއި، އަދި އެހެން ބަސްބަސް ދަސްކުރުމަށް ހުނަރާއި ޢިލްމު ފަހިކޮށްދޭ އަސާސެކެވެ. މާދަރީ ބަހުން އުނގެނުމުން ވިސްނުމާއި މުޢާމަލާތްކުރުމަށް މަގުފަހިވެ، ނާގިދު ފިކުރު އިތުރަށް ތަރައްޤީވެއެވެ. އެއީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ޔަޤީންކަން ވަރުގަދަކޮށްދީ، ބައިވެރިވުމަށް ބާރުއަޅާ ކަމެކެވެ.
އުނގެނުން ކުރިއެރުވުމުގެ އިތުރުން ގިނަބައްސަ ތަޢުލީމަކީ ޖީލުތަކުގެ މެދުގައި ހިނަގާ އުނގެނުމުގެ ދޮރުތައް ހުޅުވުމާއި، ސަޤާފަތާއި މާނަވީ ތަރިކަ ރައްކާތެރިކުރުމާއި، ބައްސަތައް ދިރުވައި އާލާކުރުމަށް އެހީތެރިވެދޭ ތަޢުލީމެކެވެ. މިއީ އިންޓަރނެޓުގައި ގިނަބައްސަކަން މުއްސަނދިވެ، އަސާސީ ސުމޭކު މުއާމަލާތަށް ޓަކައި ލާޒިމު ކަމެކެވެ. އަދި ދިރިއުޅުމުގެ ހުނަރުތައް އަށަގަތުމަށްވެސް، ޚާއްޞަކޮށް ކުއްލި ހާލަތްތަކާއި މުސީބާތްތަކާއި ގުދުރަތީ ކާރިސާތަކުގެ ތެރޭގައި އެ ހުނަރު އަށަގަތުމަށް ގިނަބައްސަ ތަޢުލީމުން އެހީތެރިވެދެއެވެ. މިހެންވުމުން ރެފިއުޖީންނާއި، ގައުމުތަކުގައާއި ބައިންލައަޤުވާމީގޮތުން (ދުނިޔޭގެ ކަންކޮޅުގައި) ގެދޮރު ގެއްލިފައިވާ މީހުންނާއި، ފެންވަރު ރަނގަޅު ތަޢުލީމުން ހަވާސާވެފައިވާ މީހުން، ބާކީއެއް ނުވެއެވެ.
އެޑިޓަރުގެ ނޯޓް: މަތީގައި މި ވަނީ މި އަހަރުގެ މާދަރީބަހުގެ ދުވަހާ ގުޅޭގޮތުން ޔުނެސްކޯއިން ނެރުނު ބަޔާނުން، މި ދުވަހާއި، މި ދުވަސް މުހިއްމުވާ ސަބަބުގެ ތަރުޖަމާއެވެ.