އަޙްލާމް ފާތިނާ އަދި އިޔާން އަރުތަބުރަށް

ދިވެހި ބަހުގެ އެކެޑަމީ އިން އިންތިޒާމްކޮށްގެން އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37 ވަނަ ގައުމީ މުބާރާތުގެ މަތީ ސާނަވީ ބައިން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އަޙްލާމް ޢަބްދުލްޢަޒީޒާއި އާމިނަތު ފާތިނާ އަޙްމަދު އަދި ޢިޔާން ޢަލީ މޫސާ އަރުތަބުރަށް ހޮވިއްޖެއެވެ.

އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ހިމެނިގެން މި 3 ދަރިވަރުން އަރުތަބުރަށް ހޮވިފައިވާއިރު، އަޙްމަދިއްޔާ ފިޔަވައި 3 ދަރިވަރުން އަރުތަބުރަށް ހޮވުނީ ހަމައެކަނި ސީއެޗްއެސްއީންނެވެ. އަރުތަބުރުގެ ވާހަކަދެއްކުން އޮންނާނީ މިރެއެވެ. މުބާރާތުގެ އެންމެ މޮޅު 3 ދަރިވަރުން ކަނޑައަޅާނީ އަރުތަބުރަށް ފަހުގައެވެ.

މަތީ ސާނަވީ އިން އަރުތަބުރަށް ހޮވުނު ދަރިވަރުން

މިދިޔަ އަހަރުގެ މުބާރާތުގައި ވެސް އަޙްމަދިއްޔާގެ މަތީސާނަވީ 3 ދަރިވަރަކު އަރުތަބުރަށް ހޮވުނެވެ. އެއީ ޢަނާ ޢަބްދުއްސައްތާރާއި، އާމިނަތު ފާތިނާ އަޙްމަދު އަދި ޢިޔާން ޢަލީ މޫސާއެވެ.
އަޙްމަދިއްޔާގެ މަތީ ސާނަވީ ބައިގެ ދަރިވަރުން ވަނީ ދިވެހިބަހުގެ އެކަޑަމީން މިދިޔަ އަހަރު ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުގެ އެއްވަނަ ސްކޫލްގެ މަގާމު އަޙްމަދިއްޔާއަށް ހޯދައިދީފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *