ބުރާސްފަތި, 17 އޭޕްރިލް 2025

އަޙްމަދިއްޔާ އަށް ސީނިއަރ މީޑިއާ އޮފިސަރ އެއް ހޯދަނީ

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ސީނިއަރ މީޑިއާ އޮފިސަރެއް ބޭނުންވެގެން އިޢުލާން ކޮށްފިއެވެ. އެ އިޢުލާންގައިވާ ގޮތުން ސީނިއަރ މީޑިއާ އޮފިސަރެއްގެ މަސްއޫލިއްޔަތަކީ، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޚަބަރުތަކާއި ނޫސްބަޔާންތައް ތައްޔާރުކުރުމާއި ސްކޫލްގެ ވެބްސައިޓަށް ޚަބަރާއި ނޫސްބަޔާންތައް އަރުވައި ބެލެހެއްޓުމެވެ. އަދި ޚަބަރާއި ބެހޭ ސްޕީޗްތައް ވެބްސައިޓަށްލައި ބެލެހެއްޓުމާއި ޕްރިންސިޕަލްގެ އެޕޮއިންޓްމަންޓަތަކަށް ހާޒިރުވެ، އެޕޮއިންޓްމަންޓްތަކުގެ ޚަބަރު ހެދުމާއި ފޮޓޯ ނެގުމާއި ދުވަހުން ދުވަހަށް ސްކޫލްގެ ޚަބަރުތަކާއި އަދި އެހެނިހެން ހަރަކާތްތަކުގެ ފޮޓޯތައް ނަގައި ގެލަރީއަށް ގަވާއިދުން ލުންވެސް މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެއެވެ.

މި މަގާމަށް ހޮވޭ މީހަކު ސްކޫލްގެ ވެބްސައިޓްގެ ޑިޒައިނިންގ މަސައްކަތްކުރުމާއި އަޙްމަދިއްޔާގެ އެކި އެކި ޑިޒައިނިންގ މަސައްކަތް ކުރުމާއި ސްކޫލްގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ކޮންމެ ދިރާސީ އަހަރެއް ފެށުމުގެ ކުރިން މީޑިއާ އާ ބެހޭ މަސައްކަތްތައް މުޅިއަހަރަށް ރާވާލައި އެކި މުހުލަތުތަކާއި ސުންގަޑިތަކުގައި ނިންމުމަށް ތާރީޚުތައް ކަނޑައަޅައި ތައްޔާރުކުރަންޖެހޭ ސެކްޝަން ކަލަންޑަރާއި، އެކްޝަން ޕްލޭން ތައްޔާރުކޮށް ބަލަހައްޓަމުން ގެންދިއުންވެސް ހިމެނެއެވެ. އަދި މީޑިއާގެ މަސައްކަތްތައް ފުރިހަމައަށް ކުރެވޭނެފަދައިން ތަނަށް ބޭނުންވާ ތަކެއްޗާއި އާލާތްތައް ހޯދައި އިންތިޒާމްކޮށް ބެލެހެއްޓުމާއި ސެކްޝަންގައި ބޭނުންކުރެވޭ ސާމާނާއި އާލަތްތަކުގެ އިންވެންޓްރީ އަޕްޑޭޓްކޮށް މަރާމާތަށް ބޭނުންވާ ތަކެތި ފާހަގަކޮށް ބަލަހައްޓަމުން ގެންދިއުންވެސް މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެއެވެ

މި މަގާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) އައި.ޑީ ކާޑުގެ ކޮޕީ އާއި ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި) ހުށަހަޅަން ޖެހެއެވެ.

އަދި ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ ވެސް 6 މާރިޗް 2024 ވާ ބުދަ ދުވަހުގެ 14:00 އަށް ހުށަހަޅަންވެސް  އިޢުލާންގައި ވެއެވެ.

އެޕްލިކޭޝަން ފޮނުވަންޖެހެނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އަށެވެ. ނުވަތަ އޮންލައިންކޮށް [email protected] މި މެއިލް އަށްވެސް ފޮނުވޭނެއެވެ.

 

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *