އަހަރީދުވަހާއި ގުޅިގެން އަޙްމަދިއްޔާގެ ޕްރީ ސްކޫލް ދަރިވަރުންނަށް ކުޅިވަރުގެދުވަހެއް ބާއްވައިފި!

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 42 ވަނަ އަހަރީ ދުވަހާގުޅިގެން ޕްރީސްކޫލްގެ ދަރިވަރުންނަށް ކުޅިވަރުގެ ދުވަހެއް ބާއްވައިފިއެވެ. މި ދުވަސް ވަރަށް ކުލަގަދަކޮށް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ކުޅިވަރަށް ލޯބި ޖެއްސުމުގެ އިތުރުން ދަރިވަރުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމެވެ. މީގެއިތުރުންވެސް ތުއްތު ކުދިންގެ ހެދިބޮޑު ވުމަށްވެސް މިފަދަ ކުޅިވަރުތަކުން މަންފާކުރާކަމަކަށް ވާތީއެވެ.

މިފަދަ ހަރަކާތްތައް ސްކޫލުން އިންތިޒާމުކޮށްގެން ބާއްވަނީ ދަރިވަރުންނަށް އުނގެނުމާއެކު ހަރަކާތްތެރިވެ އުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ ބޭނުމުގައެވެ. މިއަދުގެ މި ހަރަކާތްތައް ބޭއްވުނީ ސްކޫލާއި އިންވެގެން އޮންނަ ހުސްބިމުގައެވެ. މިއަދުގެ މި ހަރަކާތްތަކުގެ ތެރޭގައި ތަފާތު ކުޅިވަރުތައް ދަރިވަރުން ލައްވައި ކުޅެވުނެވެ. އޭގެތެރޭގައި ގޯނިރޭހާއި ، ރިލޭރޭސް، ބޯޅަވެއްޓުމާއި އަދި މިނޫނަސް ތަފާތު އެތައްވައްތަރެއްގެ ކުޅިވަރުތައް ކުޅެވުނެވެ.

މިއަދު ފާހަގަކުރި ކުޅިވަރުގެ ދުވަހުގައި ޕްރީސްކޫލްގެ ދަރިވަރުންގެ ތެރެއިން އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ބައިވެރިވިއެވެ. މި އަދުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދާއި، ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލާ ޢައިޝަތު ޝީތާއެވެ. އެހެންކަމުން މި ދުވަސް ވެގެން ދިޔައީ ދަރިވަރުންނަށް ވަރަށް އުފާވެރި ދުވަހެއްގެ ގޮތުގައެވެ މިއަދުގެ ހަރަކާތްތައް އިންތިޒާމުކޮށް ހިންގީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން މި ކުޅިވަރުތައް ހެނދުނާއި ހަވީރު ބޭއްވިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *