އަދަބީ މުބާރާތްތަކުން އަޙްމަދިއްޔާގެ ދަރިވަރުން ރަންވަނަތަކެއް ހޯދައިފި

ދިރާސީ އަހަރު ދިވެހި ބަހުގެ އެކެޑަމީން ބޭއްވި އަދަބީ މުބާރާތްތަކުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ރަންވަނަތަކެއް ހޯދައިފިއެވެ.
އެންމެ ގިނަ މުބާރާތްތަކުން ވަނަ ހޯދުމުގެ އިތުރުން މުބާރާތްތަކުގެ ގަދަ 10ގައި އެންމެ ގިނަ ދަރިވަރުން ހިމެނިފައިވަނީ ވެސް އަޙްމަދިއްޔާ އިންނެވެ. އެގޮތުން އަޙްމަދިއްޔާއިން ވަނީ 4 މުބާރާތުގެ ތެރެއިން ދެ މުބާރާތަކުން ދެވަނަ،އަދި އެއް މުބާރާތުން އެއްވަނަ ހޯދާފައެވެ. އަދި މި މުބާރާތްތަކުގެ ގަދަ 10ގެ 12ވަނައެއްގައި އަޙްމަދިއްޔާގެ 10 ދަރިވަރަކު ހިމެނިފައިވެއެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ މަތީ ސާނަވީ އިން 2 ވަނަ އަޙްމަދިއްޔާ   ފޮޓޯ: ސަން އޮންލައިން

ވާހަކަދެއްކުމުގެ މުބާރާތުން އަޙްމަދިއްޔާ 2ވަނަ ހޯދިއިރު، އަޙްމަދިއްޔާގެ މަތީ ސާނަވީ ކެޕްޓަން ގްރޭޑް 12 އޭގެ ދަރިވަރު އިޔާން ޢަލީ މޫސާ ވަނީ މުޅި މުބާރާތުން ދެވަނަ ހޯދާފައެވެ. މި މުބާރާތުގެ ގަދަ 10ގައި އަޙްމަދިއްޔާގެ 3 ދަރިވަރަކު ހިމެނިފައިވެއެވެ. އެއީ އިޔާންގެ އިތުރުން ގްރޭޑް 12ސީގެ ފާތިނާ އަޙްމަދާއި 11ބީގެ އަހްލާމް ޢަބްދުލްޢަޒީޒެވެ.
ވާހަކަލިޔުމުގެ މުބާރާތުން އަޙްމަދިއްޔާ އެއްވަނަ ހޯދާފައިވާއިރު، މި މުބާރާތުގެ ގަދަ 10ގައި އަޙްމަދިއްޔާގެ 3 ދަރިވަރަކު ވަނީ ހިމެނިފައެވެ. އެއީ ގްރޭޑް 11ޖީގެ އިޝްފާޢު އިސްހާގާއި، 12އޭގެ ޢާއިޝަތު ސަޖާޔާގެ އިތުރުން 11ސީގެ އާމިނަތު މަޝަކް ވަހީދެވެ.

މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުގެ މަތީ ސާނަވީ އިން 2 ވަނަ އަޙްމަދިއްޔާ   ފޮޓޯ: ވަޖީހު

މަޒުމޫނުލިޔުމުގެ މުބާރާތުން އަޙްމަދިއްޔާ 2ވަނަ ހޯދާފައިވާއިރު، މި މުބާރާތުގެ ގަދަ 10ގައި ހިމެނުނު 11އެޗްގެ މަރިޔަމް މާހީ އަޙްމަދު އައްބާސް ވަނީ މުޅި މުބާރާތުން އެއްވަނަ ހޯދާފައެވެ.

މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުގެ މަތީ ސާނަވީ އިން 1 ވަނަ މަރިޔަމް މާޙީ އަޙްމަދު އައްބާސް   ފޮޓޯ: ވަޖީހު

އަޙްމަދިއްޔާއަށް ވަނައެއް ނުލިބުނު ހަމައެކަނި މުބާރާތްކަމަށްވާ ޅެންހެދުމުގެ މުބާރާތުގެ ގަދަ 10ގައި ވެސް އަޙްމަދިއްޔާގެ 3 ދަރިވަރަކު ހިމެނިފައިވެއެވެ. އެއީ 11އެޗްގެ މަރިޔަމް މާޙީ އަޙްމަދު އައްބާހާއި، 11ބީގެ ނަފްޙާ ނަސީމާއި 11ބީގެ އަޙްލާމް ޢަބްދުލްޢަޒީޒެވެ. މީގެތެރެއިން މުޅިމުބާރާތުން 2ވަނަ މަރިޔަމް މާހީ އަޙްމަދު އައްބާސް ހޯދާފައިވާއިރު، ނަފްޙާ ނަސީމް ވަނީ 3ވަނަ ހޯދާފައެވެ.


މިއީ މިފަހުން މިހާ ގިނަ މުބާރާތްތަކެއްގައި މަތީސާނަވީ ދަރިވަރުން ބައިވެރިވެ އަޙްމަދިއްޔާއިން މިފަދަ ފުރިހަމަ ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ. އަޙްމަދިއްޔާއިން މިދިޔަ އަހަރު ބައިވެރިވީ ހަމައެކަނި ވާހަކަދެއްކުމުގެ މުބާރާތާއި މަޒުމޫނުލިޔުމުގެ މުބާރާތުގައެވެ. އެ މުބާރާތްތަކުގެ ތެރެއިން ވާހަކަދެއްކުމުން 2ވަނަ އަދި މަޒުމޫނުލިޔުމުން 1ވަނަ އަޙްމަދިއްޔާ ވަނީ ޙާޞިލްކޮށްފައެވެ.

މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުގެ ސާނަވީ އިން 3 ވަނަ އަޙްމަދިއްޔާ   ފޮޓޯ: ވަޖީހު

މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުން ސާނަވީ ބައިން އަޙްމަދިއްޔާ ވަނީ 3 ވަނަ ހާޞިލް ކޮށްފައެވެ. ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުގެ ދަށު ސާނަވީ ބައިން ގަދަ 10 ގައި ޢައިޝަތު މަލިކާ އަޙްމަދު މުނައްވަރު ހިމެނުނު އިރު ސާނަވީ ބައިގައި ޢަލާ ޢަބްދުއް ސައްތާރު ހިމެނިފައެވެ. އަދި އަލާވަނީ މުޅި މުބާރާތުން 2 ވަނަ ހޯދާފައެވެ.

އަދަބީ މުބާރާތްތަކުން ކާމިޔާބީ ހޯދައިދިނުމަށް މަސައްކަތް ކުރެއްވި ރާމިޒު ސަރ އާއެކު ކާމިޔާބު ހޯދި ބައެއް ދަރިވަރުން

މި މުބާރާތްތަކުން ވަނަވަނަ ހޯދި ދަރިވަރުންނަށް އަޙްމަދިއްޔާ1982ގެ ނަމުގައި ތަހުނިޔާ ދަންނަވަމެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *