ބުރާސްފަތި, 17 އޭޕްރިލް 2025

ތިޔަކުދިންގެ ބަދިގެ: މޭވާ ޙަލީބު

މިއީ މި ބަރަކާތްތެރި ރަމަޟާންމަހު ކެއުމަށް ތައްޔާރު ކޮށްލެވިދާނެ ފަސޭހަ ރެސިޕީތަކެކެވެ. ތިޔަ ހުރިހާކުދިންވެސް މި ރެސިޕީތައް ތަޖުރިބާ ކޮށްލާށެވެ.

މޭވާ ޙަަލީބަކީ ރަމަޟާން މަހު ރޯދަވީއްލާ ވަގުތަށް ރަނގަޅު، ވަރަށް މޭހެޔޮ ކޮށްލާނެ ޞިއްޙަތަށް ފައިދާހުރި، މީރު ބުއިމެކެވެ.

 

ބޭނުންވާ ތަކެތި

1 ތަށި ދިޔާކިރު ޑެވޮންޑޭލް

1 މޭޒުމަތީ ސަމުސާ  މާމުއި

3/1 ޖޯޑު ހިމުންކޮށް ކޮށި މޭވާ (މިސާލު: އަނބު، ކިވީ، ދޮންކެޔޮ)

1 ސަމުސާ މިއުސްލީ

 

ތައްޔާރު ކުރާނެގޮތް.

މޭވާކޮޅާއި މާމުއި ރަނގަޅަށް ޗަސްވަންދެން ތައްޓެއްގައި އެއްކޮށްލުމަށްފަހު އޭގެ ތެރެއަށް ދިޔާކިރު އަޅާ ރަނގަޅަށް ގިރާލުމުން މިބުއިން ތައްޔާރުވީއެވެ. ބުއިމުގެ ކުރިއަށް އައިސްއަލަމާރީގައި ފިނިކޮށް ލުމަށް ފަހު މިއުސްލީ ކޮޅު އަޅާލާށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *