ބުރާސްފަތި, 17 އޭޕްރިލް 2025

ރަމަޟާން ސުވާލު މުބާރާތް 1445

މި ފެށުނު ރަމަޟާން މަހު އިސްލާމީ ތާރީޚާއި ޙަޟާރަތަށް ދަރިވަރުން އަހުލުވެރިކުރުމުގެ ގޮތުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އިސްލާމް ޑިޕާޓްމެންޓުގެ ފަރާތުން އިސްނަގައިގެން " ރަމަޟާން ސުވާލު މުބާރާތް 1445″ މި ނަމުގައި ސުވާލު މުބާރާތެއް ކުރިއަށްގެންދާ ގޮތަށްވަނީ ހަމަޖެހިފައެވެ.

މި ގޮތުން މިއަދުންފެށިގެން ކޮންމެ ދުވަހަކުވެސް "އަޙްމަދިއްޔާ 1982″ ގައި ސުވާލެއް ޝާއިޢު ކުރެވޭނެއެވެ. އަދި އެސުވާލާގުޅޭ 3 ޖަވާބުވެސް ދެވިފައިވާނެއެވެ. އެތަނުން ރަނގަޅު ޖަވާބުގައި ފާހަގަލާނީއެވެ. މި މުބާރާތް ހުޅުވާފައިވަނީ އަހްމަދިއްޔާގެ ސާނަވީ އާއި މަތީ ސާނަވީ ގްރޭޑްތަކުގެ (ގްރޭޑް 7 އިން 12 އިގެ) ދަރިވަރުންނަށެވެ.

މި ސުވާލުތަކަށް ޖަވާބުދޭނީ ގޯގުލްފޯމް މެދުވެރި ކޮށެވެ. ގޫގުލްފޯމް ގެ ލިންކް ކޮންމެ ދުވަހަކުވެސް ނޫހަށް ލެވޭނެއެވެ. އަދި އެ ދަރިވަރެއްގެ ގްރޭޑް ވައިބަރ ގްރޫޕަށްވެސް ލެވޭނެއެވެ. އެދުވަހެއްގެ ހެނދުނު ގެނެސްދޭ ސުވާލަށް ރޭގަނޑު 10 ގެ ކުރިން ޖަވާބު ދެވޭނެއެވެ. ވީހާވެސް ގިނަ ދަރވަރުން މި މުބާރާތުގައި ބައިވެރިވުމަކީ އިސްލާމް ޑިޕާތްމެންޓްގެ ވަރަށްބޮޑު އެދުމެކެވެ.

މި މުބާރާތުން އެއްވަނައަށް ހޮވޭފަރާތަކަށް ބައިސްކަލެއް ދޭގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ.

https://forms.gle/N7fJpfEmy47EFrxS6

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *