ޤަޠަޢީ ޙުކުމްތަކަކީ ކޮބާ؟

މި ފެށުނު ރަމަޟާން މަހު އިސްލާމީ ތާރީޚާއި ޙަޟާރަތަށް ދަރިވަރުން އަހުލުވެރިކުރުމުގެ ގޮތުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އިސްލާމް ޑިޕާޓްމެންޓުގެ ފަރާތުން އިސްނަގައިގެން " ރަމަޟާން ސުވާލު މުބާރާތް 1445″ މި ނަމުގައި ސުވާލު މުބާރާތެއް ކުރިއަށްގެންދާ ގޮތަށްވަނީ ހަމަޖެހިފައެވެ.

ކޮންމެ ދުވަހަކުވެސް "އަޙްމަދިއްޔާ 1982″ ގައި ސުވާލެއް ޝާއިޢު ކުރެވޭނެއެވެ. އަދި އެސުވާލާގުޅޭ 3 ޖަވާބުވެސް ދެވިފައިވާނެއެވެ. އެތަނުން ރަނގަޅު ޖަވާބުގައި ފާހަގަލާނީއެވެ. މި މުބާރާތް ހުޅުވާފައިވަނީ އަހްމަދިއްޔާގެ ސާނަވީ އާއި މަތީ ސާނަވީ ގްރޭޑްތަކުގެ (ގްރޭޑް 7 އިން 12 އިގެ) ދަރިވަރުންނަށެވެ.

މި ސުވާލުތަކަށް ޖަވާބުދޭނީ ގޫގުލްފޯމް މެދުވެރި ކޮށެވެ. ގޫގުލްފޯމް ގެ ލިންކް ކޮންމެ ދުވަހަކުވެސް ނޫހަށް ލެވޭނެއެވެ. އަދި އެ ދަރިވަރެއްގެ ގްރޭޑް ވައިބަރ ގްރޫޕަށްވެސް ލެވޭނެއެވެ. އެދުވަހެއްގެ ހެނދުނު ގެނެސްދޭ ސުވާލަށް ރޭގަނޑު 10 ގެ ކުރިން ޖަވާބު ދެވޭނެއެވެ. ވީހާވެސް ގިނަ ދަރިވަރުން މި މުބާރާތުގައި ބައިވެރިވުމަކީ އިސްލާމް ޑިޕާޓްމެންޓްގެ ވަރަށްބޮޑު އެދުމެކެވެ.

އިއްޔެ ގެނެސްދިން ސުވާލަށް 282 ދަރިވަރުން ޖަވާބު ފޮނުވާފައިވެއެވެ. އޭގެ ތެރެއިން ރަނގަޅު ޖަވާބު ދިމާކުރެވުނީ، 161 ދަރިވަރުންނަށެވެ.

މި މުބާރާތުން އެއްވަނައަށް ހޮވޭފަރާތަކަށް ބައިސްކަލެއް ދޭގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *