ބޭނުންވާ ތަކެތި
1 ޖޯޑު ފިޔާ
7 ލޮނުމެދު ހިމުންކޮށް ކޮށާފައި
10 ހިކަނދިފަތް
5 ރާނބާފަތް ކޮޅު
1 ޖޯޑު ކެބެޖް ކޮށާފައި
1 ޖޯޑު ބީންސް ކޮށާފައި
2/3 ކެރެޓް
1 ޖޯޑު ވަޅޯމަސް ކޮށާފައި (ހިކިމަސް)
1 ޖޯޑު ބެލްޕެޕާރ ކިއުބް ކޮށް ކޮށާފައި (2/3 ޖޯޑު)
1 ޖޯޑު ބްރޮކޮލީ (ކޮށާފައި)
5 ބިސް
ރަހަލާ ވަރަށް ލޮނު
ކަނޑޫދޫ ގިތެޔޮ މިރުސް ބޮޑެތި ކޮށް ކޮށާފައި (ރަހަލާ ވަރަށް)
ކުޑަ ތެޔޮފޮދެއް
ތައްޔާރު ކުރާނެ ގޮތް
- ތެޔޮފޮދު ތެރޭގައި ފިޔާ، ލޮނުމެދު، ހިކަނދިފަތް އަދި ރާނބާފަތްކޮޅު މީރުކޮށްލާށެވެ.
- މީރު ކުރި ފިޔާކޮޅު ތެރެއަށް ގިތެޔޮ މިރުސް ކޮޅު އަދި ވަޅޯމަސް ކޮޅު އަޅައި ހަނާކޮށްލާށެވެ.
- ހަނާކުރި ވަޅޯމަސް ކޮޅު ތެރެއަށް ތަރުކާރީ ކޮޅު( ބެލްޕެޕާރ ފިޔަވައި) އަޅާލުމަށްފަހު ރަހަލާވަރަށް ލޮނު ކޮޅެއް ލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
- އުނދުނުގެ ގިނި މަޑުކޮށްލުމަށްފަހު ތެލީގެ މަތި ޖަހާލާށެވެ. އަދި 5 މިނިޓުން ތަރުކާރީ ކޮޅު ހަލުވާލަން ވާނެއެވެ.
- 15 މިނިޓް ވަންދެން ތަރުކާރީ ކޮޅު ހަނާކުރުމަށްފަހު ބެލްޕެޕާރ ކޮޅު އަޅާލާށެވެ.
- 5 މިނިޓުން ތަރުކާރީ ކޮޅު ހަލުވާލާށެވެ.
- 10 މިނިޓް ވުމުން ބިސްކޮޅު އަޅާލާށެެވެ. އަދި ތަރުކާރީ ކޮޅު މަޑުވަންދެން ހަނާކޮށްލާށެވެ.
މިއީ ރޮއްޓާއެކު ކާލަން ވަރަށް މީރު ކެއުމެކެވެ.