ފިޤުހީ ޙުކުމްތައް ދެނެގަތުމުގައި ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުން ޙުކުމް ނުފެނުނުނަމަ ޞަޙާބީން ދެން ބެއްލެވީ ކޮން އެއްޗަކަށްހެއްޔެވެ؟

މި ރަމަޟާން މަހު އިސްލާމީ ތާރީޚާއި ޙަޟާރަތަށް ދަރިވަރުން އަހުލުވެރިކުރުމުގެ ގޮތުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އިސްލާމް ޑިޕާޓްމެންޓުގެ ފަރާތުން އިސްނަގައިގެން " ރަމަޟާން ސުވާލު މުބާރާތް 1445″ މި ނަމުގައި ސުވާލު މުބާރާތެއް މިހާރު ކުރިއަށް އެބަދެއެެވެ.

މިއަދުގެ ސުވާލު:

ޞަހާބީންގެ ޒަމާނުގައި ފިޤުހީ ޙުކުމްތައް ދެނެގަތުމުގައި އެންމެފުރަތަމަ ބަލަނީ ކީރިތި ޤުރުއާނަށެވެ. ޤުރުއާނުން އެކަމެއްގެ ޙުކުމްނުފެނުންނަމަ ނަބަވީ ސުންނަތަށެވެ. ސުންނަތުންވެސް އެކަމެއްގެ ޙުކުމްނުފެނުންނަމަ ދެން އެބޭކަލުން ބެއްލެވީ ކޮން އެއްޗަކަށްހެއްޔެވެ؟
1. ޤިޔާސް
2. ޞަހާބީންގެ އިޖުމާއު
3. މަދީނާގެ އަހުލުވެރިން ޢަމަލުކުރި ގޮތް

ކޮންމެ ދުވަހަކުވެސް "އަޙްމަދިއްޔާ 1982″ ގައި ސުވާލެއް ޝާއިޢު ކުރެވޭނެއެވެ. އަދި އެސުވާލާގުޅޭ 3 ޖަވާބުވެސް ދެވިފައިވާނެއެވެ. އެތަނުން ރަނގަޅު ޖަވާބުގައި ފާހަގަލާނީއެވެ. މި މުބާރާތް ހުޅުވާފައިވަނީ އަހްމަދިއްޔާގެ ސާނަވީ އާއި މަތީ ސާނަވީ ގްރޭޑްތަކުގެ (ގްރޭޑް 7 އިން 12 އިގެ) ދަރިވަރުންނަށެވެ.

މި ސުވާލުތަކަށް ޖަވާބުދޭނީ ގޫގުލްފޯމް މެދުވެރި ކޮށެވެ. ގޫގުލްފޯމް ގެ ލިންކް ކޮންމެ ދުވަހަކުވެސް ދަރިވަރެއްގެ ގްރޭޑް ވައިބަރ ގްރޫޕަށް ލެވޭނެއެވެ. އެދުވަހެއްގެ ހެނދުނު ގެނެސްދޭ ސުވާލަށް ރޭގަނޑު 10 ގެ ކުރިން ޖަވާބު ދެވޭނެއެވެ. ވީހާވެސް ގިނަ ދަރިވަރުން މި މުބާރާތުގައި ބައިވެރިވުމަކީ އިސްލާމް ޑިޕާޓްމެންޓްގެ ވަރަށްބޮޑު އެދުމެކެވެ.

 

މި މުބާރާތުން އެއްވަނައަށް ހޮވޭފަރާތަކަށް ބައިސްކަލެއް ދޭގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *