ބުރާސްފަތި, 17 އޭޕްރިލް 2025

އެގް ފްރައިޑް ރައިސް

ބޭނުންވާ ތަކެތި:

1 ޖޯޑުބަތް ( ބާސްމަތީ ހަނޑޫ)

2 ބިސް

2 ސްޕްރިންގް އަނިޔަން ( ކުދި ކޮށް ކޮށާފައި)

1 މސ ތެޔޮ

ލޮނުކޮޅެއް (ލޮނުގެ ބަދަލުގައި މަމީ ނޫޑްލްސް ސޫޕް  ބޭނުން ކުރެވިދާނެ)

 

ތައްޔާރު ކުރާނެގޮތް

ތަވާ އުދުން މައްޗަށް އުދާލުމަށް ފަހު ތެޔޮފޮދު އަޅާލާފައި ހޫނުވީމާ ބިސް ގިރާލުމަށް ފަހު ތަވަޔަށް އަޅާލާށެވެ.

ބިސް ކުޑަކޮށް ރޯކޮށް ހުއްޓާ ބަތްކޮޅު އަޅާފައި އެއްކޮށްލާށެވެ.

ލޮނުނުވަތަ މަމީ ނޫޑްލްސް ސޫޕުން ލޮނު ހެޔޮވަރު ކޮށްލުމަށް ފަހު ސްޕްރިންގް އަނިޔަން ކޮޅު އަޅާފައި ރަގަޅަށް އެއްކޮށްލުމުން އެގް ފްރައިޑްރައިސް ތައްޔާރުކޮށް ނިމުނީއެވެ.

މިއީ ވެސް ވަރަށް މަދު ބާވަތް ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރަހަމީރު ޑިޝްއެކެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *