އިސްލާމީ ތާރީޚަށް ބަލާއިރު ސުންނީ ހަތަރު މަޒުހަބުގެ ފިޤުހު ކިޔަވައިދޭގޮތަށް ފެށުނު ޔުނިވަރސިޓީއަކީ ކޮބާ؟

މި ރަމަޟާން މަހު އިސްލާމީ ތާރީޚާއި ޙަޟާރަތަށް ދަރިވަރުން އަހުލުވެރިކުރުމުގެ ގޮތުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އިސްލާމް ޑިޕާޓްމެންޓުގެ ފަރާތުން އިސްނަގައިގެން " ރަމަޟާން ސުވާލު މުބާރާތް 1445″ މި ނަމުގައި ސުވާލު މުބާރާތެއް މިހާރު ކުރިއަށް އެބަދެއެެވެ.

މިއަދުގެ ސުވާލު:

އިސްލާމީ ތާރީޚަށް ބަލާއިރު ސުންނީ ހަތަރު މަޒުހަބުގެ ފިޤުހުކިޔަވައިދޭގޮތަށް ފެށުނު ޔުނިވާރސިޓީއަކީ ކޮބާ؟
1. މަދަރުސަތުލް މުސްތަންޞިރިއްޔާ
2. މަދަރުސަތުއް ނިޡާމިއްޔާ
3. ޖާމިއަތުއްޒައިތޫނާ

ކޮންމެ ދުވަހަކުވެސް "އަޙްމަދިއްޔާ 1982″ ގައި ސުވާލެއް ޝާއިޢު ކުރެވޭނެއެވެ. އަދި އެސުވާލާގުޅޭ 3 ޖަވާބުވެސް ދެވިފައިވާނެއެވެ. އެތަނުން ރަނގަޅު ޖަވާބުގައި ފާހަގަލާނީއެވެ. މި މުބާރާތް ހުޅުވާފައިވަނީ އަހްމަދިއްޔާގެ ސާނަވީ އާއި މަތީ ސާނަވީ ގްރޭޑްތަކުގެ (ގްރޭޑް 7 އިން 12 އިގެ) ދަރިވަރުންނަށެވެ.

މި ސުވާލުތަކަށް ޖަވާބުދޭނީ ގޫގުލްފޯމް މެދުވެރި ކޮށެވެ. ގޫގުލްފޯމް ގެ ލިންކް ކޮންމެ ދުވަހަކުވެސް ދަރިވަރެއްގެ ގްރޭޑް ވައިބަރ ގްރޫޕަށް ލެވޭނެއެވެ. އެދުވަހެއްގެ ހެނދުނު ގެނެސްދޭ ސުވާލަށް ރޭގަނޑު 10 ގެ ކުރިން ޖަވާބު ދެވޭނެއެވެ. ވީހާވެސް ގިނަ ދަރިވަރުން މި މުބާރާތުގައި ބައިވެރިވުމަކީ އިސްލާމް ޑިޕާޓްމެންޓްގެ ވަރަށްބޮޑު އެދުމެކެވެ.

 

މި މުބާރާތުން އެއްވަނައަށް ހޮވޭފަރާތަކަށް ބައިސްކަލެއް ދޭގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *