ބޭނުންވާ ތަކެތި:
1 ޖޯޑުބަތް ( ބާސްމަތީ ހަނޑޫ)
2 މސ ތެޔޮ
3 މސ ލޮނުމެދު (ހިމުންކޮށް ކޮށާފައި)
2 ސްޕްރިންގް އަނިޔަން ( ހުދު ބަޔާއި ފެހި ބައި ވަކިން ކޮށާފައި)
5-6 ބީންސް ( ކުދިކޮށް ކޮށާފައި)
½ ކެރެޓް ( ކުދިކޮށް ކޮށާފައި)
½ ސސ މުގުރި އަސޭމިރުސް
2 މސ ސޯޔާ ސޯސް
¼ ސސ ވައިޓް ވިނެގަރ
ލޮނުކޮޅެއް
ތައްޔާރު ކުރާނެގޮތް
ތަވާ އުދުން މައްޗަށް އުދާލުމަށް ފަހު ތެޔޮފޮދު އަޅާލާފައި ހޫނުވީމާ ކޮށާފައި ހުރި ލޮނުމެދު ކޮޅު އަޅާފައި ލޮނުމެދު ކޮޅު ރަގަޅަށް ރަތްވަންދެން ދޭފަތުން ހަލަމުން ދާށެވެ.
ލޮނުމެދު ކޮޅު ރަގަޅަށް ތެލުލެވުމުން ދެ ސައިސަމުސާ ލޮނުމެދު ނަގާފައި ބަހައްޓާލާށެވެ.
ދެން ސްޕްރިންގް އަނިޔަން ގެ ހުދު ބައި، ބީންސް، ކެރެޓް އެއްކޮށް އަޅާލާފައި ކުޑަކޮށް ހަނާވަންދެން ދޭފަތުން ހަލަމުން ދާށެވެ.
ހަނާވުމުން މަޑުގިނީގައި ބެހެއްޓުމަށް ފަހު ސޯޔާސޯސް އަދި ބަތް ކޮޅު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އުނދުން ނިވާލުމަށް ފަހު ރަހަލާވަރަށް ލޮނުކޮޅެއް އަޅާފައި ރަހަހެޔޮވަރުކޮށްލަން ވައިޓް ވިނެގަރ ފޮދު އެޅުމަށް ފަހު ރަގަޅަށް އެއްކޮލާށެވެ.
އެންމެ ފަހުން ސްޕްރިންގް އަނިޔަންގެ ފެހި ބަޔާއި ތެލުލި ލޮނުމެދު ކޮޅު އަޅާފައި އެއްކޮށްލުމުން ބަރންޓް ގާރލިކް ފްރައިޑްރައިސް ތައްޔާރުކޮށް ނިމުނީއެވެ.
މިއީ ބާކީވެފަ ހުންނަ ބަތްކޮޅު އުކާލުމުގެ ބަދަލުގައި ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރަހަމީރު ޑިޝްއެކެވެ.