މަތީސާނަވީ މަދަހަ މުބާރާތް ބާއްވައިފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަތީސާނަވީ އިންޓަރހައުސް މަދަހަ މުބާރާތް ބާއްވައިފިއެވެ.

ދަރިވަރުންގެ މެދުގައި ކިޔުންތެރިކަމުގެ ފަންނުވެރިކަން ކުރިއެރުވުމާއި މާތްވެގެންވާ އިސްލާމްދީނަށް ލޯބިޖައްސައި، ދީނީ ޝިޔާރު ފައުޅުކުރުމުގެ ރޫހުއުފެއްދުމާއި ދަރިވަރުންގެ ކިބައިގައި ހުރި އިތުރު ހުނަރުތަކާއި ފަންނުތައް ދެނެގަތުމުގެ މަޤްޞަދުގައި ބޭއްވި މި މުބާރާތުގައި ސްކޫލްގެ 4 ހައުސް އިން  40 ދަރިވަރުން ބައިވެރިވެފައިވެއެވެ.

އާދީއްތަ ދުވަހުގެ ހެނދުނު 9 ން 11.45 އަށް ކުރިޔަށް ދިޔަ މި މުބާރާތުގައި ފުރަތަމަ އޮތީ ވަކިވަކި ދަރިވަރުން މަދަހަ ހުށަހެޅުމެވެ. މަދަހަ ހުށަހަޅަން ހަމަޖައްސާފައި އޮތީ، މަދުވެގެން މައިގަނޑަކާއި ކަޑިއެއް ކިޔާ ގޮތަށެވެ.އެއަށްފަހު ސްކޫލްގެ 4 ހައުސް ކަމަށްވާ ޖަނަވަރީ ހައުސްއާއި، ހުވަނދުމާ ހައުސްއާއި، ކާމިނީ ހައުސް އަދި ޗާނދަނީ ހައުސްއިން ކޮންމެ ހައުސްއަކުން ގްރޫޕް މަދަހައެއް ހުށަހެޅިއެވެ. ވަކިވަކި ދަރިވަރުންގެ ފަރާތުން ހިތްގައިމު ރީތި މަދަހަތަކެއް އަޑުއިވިގެންދިޔައިރު، ގްރޫޕް ހުށަހެޅުމަށް ވެސް ފަނޑިޔާރުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

މި މުބާރާތުގެ ފަނޑިޔާރުކަންކޮށްދެއްވީ މަތީ ސާނަވީ ބައިގެ ލީޑިންގ ޓީޗަރެއް ކަމަށްވާ އިބްރާހީމް މޫސާ ފިކުރީ (ފިކުރީ ސަރ) އާއި، މި ސްކޫލްގެ އިސް ދަރިވަރު، އަދި ރަންތާޖު ގުރުއާން މުބާރާތް ކާމިޔާބުކުރެއްވި މުހައްމަދު ސާއީ މުބާރަކުގެ އިތުރުން މަދަހައާއި ލަވަކިޔުމުގެ ފަންނުގައި އަރަމުން އަންނަ މުޙައްމަދު ޝިފާޢުއެވެ.

މި މުބާރާތުގެ ގްރޫޕް މަދަހައިން އެއްވަނަ ހައުސްއާއި، ވަކިވަކި ދަރިވަރުންގެ ތެރެއިން ވެސް 1 ވަނަ، 2 ވަނަ، 3 ވަނަ ހުށަހެޅުން ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *