އަޙްމަދިއްޔާ ގްރޭޑް 9،8،7 ދަރިވަރުންގެ ފަހު އިމްތިހާން ފަށައިފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގްރޭޑް 9،8،7 ގެ ދަރިވަރުންގެ ފަހު އިމްތިހާން މިއަދު ފެށިއްޖެއެވެ. ގްރޭޑް 7 އަށް މިއަދު އޮތީ އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގްއޭޖް އާއި ކޮންބައިން ބިޒްނަސް (ބިޒްނަސް ސްޓަޑީޒް) އެވެ. ގްރޭޑް 7 ގެ ދަރިވަރުންނަށް މާދަމާ ފުރަތަމަ ދަންފަޅީގައި އޮންނާނީ ލިޓްރޭޗަރ އިން އިންގްލިޝް އެވެ. ދެވަނަ ދަންފަޅީގައި އޮންނާނީ ދިވެހިބަހުގެ ކަރުދާހެވެ. މާދަމާގެ އިމްތިހާނަށްފަހު އިތުރު ކަރުދާހެއް އޮންނާނީ ދެހަފްތާއަށްފަހު އެޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. އެދުވަހު އޮންނާނީ އިސްލާމް މާއްދާގެ ކަރުދާހެވެ. ގްރޭޑް 7 އަށް އިމްތިހާން ނިމޭނީ އެޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ.

ގްރޭޑް 8 އަށް މިއަދުގެ ފުރަތަމަ ދަންފަޅީގައި އޮތީ އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގްއޭޖް އެވެ. ދެވަނަ ދަންފަޅީގައި އޮންނާނީ އިންގްލިޝް ލިޓްރޭޗަރ އެވެ. ގްރޭޑް 8 ގެ ދަރިވަރުންނަށް މާދަމާ އޮންނާނީ ދިވެހިބަހުގެ ކަރުދާހެވެ. ގްރޭޑް 8 އަށްވެސް މާދަމާއަށްފަހު އިތުރު ކަރުދާހެއް އޮންނާނީ ދެހަފްތާއަށްފަހު އެޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. އެދުވަހު އޮންނާނީ އިސްލާމް މާއްދާގެ ކަރުދާހެވެ. ގްރޭޑް 8 އަށްވެސް އިމްތިހާން ނިމޭނީ އެޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ.

ގްރޭޑް 9 އަށް މިއަދު އޮތީ އިނގިރޭސި މާއްދާގެ ކަރުދާހެވެ. މާދަމާ އޮންނާނީ ދިވެހިބަހުގެ ކަރުދާހެވެ. ގްރޭޑް 9 އަށްވެސް މާދަމާއަށްފަހު އިތުރު ކަރުދާހެއް އޮންނާނީ ދެހަފްތާއަށްފަހު އެޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. އެދުވަހު އޮންނާނީ އިސްލާމް މާއްދާގެ ކަރުދާހެވެ. ގްރޭޑް 9 އަށްވެސް އިމްތިހާން ނިމޭނީ އެޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ.

ގްރޭޑް 9،8،7 ގެ އިމްތިހާން ނިމުމަށްފަހު ދަރިވަރުންނަށް ކަރުދާސްތައް ދެއްކުން އޮންނާނީ އެޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *