ދޮންކެޔޮ ކަޖޫ

ބޭނުންވާ ތަކެތި:

ރަނގަޅަށް ދޮންވެފައިއޮތް 4 ވައް ދޮންކެޔޮ

1 ޖޯޑު ފުށް

1 ޖޯޑު ހަކުރު

2 މޭޒުމަތީ ސަމުސާ ހުނި

2 ސައިސަމުސާ ބޭކިންގް ޕައުޑަރ

4 ތިކި ވެނީލާ އެސެންސް

3 ޖޯޑު ތެޔޮ

ތައްޔާރު ކުރާނެގޮތް: 

ދޮންކެޔޮތައް ޗަސްކޮށްލާ އޭގެ ތެރެއަށް ތެޔޮ ފިޔަވައި ބާކީ ހުރި ހުރިހާ އެއްޗެއް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ތެއްޔަކަށް ތެޔޮ ކޮޅު އަޅައި އެ ރަނގަޅަށް ހޫނު ކުރާށެވެ. ދޮންކެޔޮ ކަޖޫ ތެލުލާއިރު ގިނި ބަހައްޓާނީ އެހާ ގަދަކޮށެއް ނޫނެވެ. ތެޔޮ ގަނޑުގެ ތެރެއަށް ވައްޓާލައިފައިވާ އެތިކޮޅުތަކުގެ ކައިރިން މެދު މިންވަރެއްގެ ސްޕީޑެއްގައި ބޮކި ޖަހަމުން ދާނަމަ އެވަނީ ރަނގަޅަށެވެ.

ސައިސަމުސަލަކުން އެއްކުރި އެތީގެ އެތިކޮޅެއް ނަގައި ތެޔޮ ގަނޑުގެ ތެރެއަށް ވައްޓާލާށެވެ. ވައްޓާލާނި ފަހަރަކު ހައެއްކަ އެތިކޮޅެވެ. ތެލުލާނީ ރަން މުށިކުލަ ބޭރުފުށަށް އަރަންދެނެވެ. ތެލުލެވެމުން ދާއިރު ދެފުށް ރަނގަޅަށް ތެލުލުމަށްޓަކައި ފުށުން ޖަހާލަން ޖެހޭނެއެވެ.

ތެލުލެވިފައިވާ ދޮންކެޔޮ ކަޖޫތައް ތެލުގެ ތެރެއިން ނެގުމަށްފަހު ބަހަައްޓާނީ ޓިޝޫ މަތީގައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *