ބުރާސްފަތި, 24 އޭޕްރިލް 2025

ބިސްކީމިޔާ

ބޭނުންވާ ތަކެތި:

1 ފިޔާ(ތުނިކޮށް ކޮށާފައި)

2 ފިޔާ(ތުނިކޮށް ކޮށާފައި)

1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)

2 ފެނުކެއްކި ބިސް(ކުދިކޮށް ކޮށާފައި)

1 ޖޯޑު ކެބެޖް (ކުދިކޮށް ކޮށާފައި)

3/2 ސައިސަމުސާ ލޮނު

½ ސައިސަމުސާ އަސޭމިރުސް

1 ތެޔޮފުއްގަނޑެއް (ރޮށިފިހުމަށް ތައްޔާރުކުރަން ބޭނުންކުރާގޮތަށް)

½ 1 ޖޯޑު ތެޔޮ

 

ހަދާނެ ގޮތް:

ތެއްޔަކަށް ކުޑަ ތެޔޮކޮޅެއް އަޅައި ހޫނު ކުރުމަށްފަހު އޭގެ ތެރެއަށް ފިޔާ، ލޮނުމެދު، ކެބެޖު، ގިތެޔޮމިރުސް، ލޮނު އަދި އަސޭމިރުސް އަޅާ މަޑުވެލަންދެން ކައްކާށެވެ. ދެން ބިސްކޮޅު އެ ތެއްޔަށް އަޅާފައި މަޑު މަޑުން އެއްކޮށްލާފައި ތެލި އުނދުންމަތިން ބާލާ މަސްގަނޑު ހިހޫކޮށްލަން ބަހައްޓާށެވެ. މޮޑެފައިވާ ފުށްގަނޑުން ގުޅަ ވެށުމަށްފަހު ރޮށި ދަމާއެތި ބޭނުން ކޮށްގެން ކޮންމެ ފުށް ގުޅައެއްވެސް ވަށްކޮށް ދަމާލާށެވެ. ދަމާނީ ފުޅާމިނުގައި ހަތަރެއް ނުވަތަ ފަސް އިންޗިވަރު ހުންނަ ވަރަށެވެ. ކުރިން ހެދި މަސްގަނޑުން ދެ ސައިސަމުސާ ހުންނާނެވަރަށް ދަމާފައިވާ ފުށްކޮޅުގެ މައްޗަށް މަސްގަނޑު އަޅާށެވެ. ދެން ފުށްގަނޑުގެ ދެފަޅިން ފަތް ޖަހާލާށެވެ. ފެންފޮދަކުން އިނގިލި ތެންމާލުމަށްފަހު ރަނގަޅަށް ތަތްކުރަން ވާނެއެވެ. ދެން ފަތް ނުޖަހާ އޮތް ދެ ފަޅިވެސް ފަތް ޖަހާލާށެވެ. ފަތް ޖަހާ ނިމުނީމާ އޮންނަންވާނީ ބާލީހެއްގެ ބައްޓަމަށެވެ. އެގޮތަށް ހުރިހާ ފުށްގުޅައެއްވެސް ތައްޔާރުކުރާށެވެ. ތާހަކަށް ނުވަތަ ތެއްޔަކަށް ތެޔޮ އަޅާ ރަނގަޅަށް ހޫނު ވީމާ ތެލުގެ ތެރެއަށް  ކީމިޔާ މަޑުމަޑުން ލާށެވެ. ކީމިޔާ ކޮޅަށް ރަން މުށި ކުލަ އެރީމާ އަނެއްފުށް ޖަހާ ރަނގަޅަށް ދެފުއްވެސް ތެލުލާށެވެ. ރަތްކުލައެރުމުން ތެޔޮގަނޑުން ނަގާ ތެޔޮތައް ފައިބާނެ ކަހަލަ ފުރޭންޏެއްގައި ބަހައްޓާށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *