ޕާން ޕުޑިން އަކީ ދިވެހިން ރޯދަމަހު ރޯދަ ވީއްލަން ހަދައިއުޅޭ މީރު ފޮނި ކާއެއްޗެކެވެ.
ބޭނުންވާތަކެތި
1 ބޮނޑި ޕާން
2 ޖޯޑު ކިރު
3 ބިސް
1 ޖޯޑު ހަކުރު
4 މޭޒުމަތީ ސަމުސާ ބަޓަރު
2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސު
1 ސައިސަމުސާ ފޮނިތޮށި (މުގުރާފަ)
ތައްޔާރުކުރާނެ ގޮތް
އަވަން 350 ޑިގްރީއަށް ހޫނު ކޮށްލާށެވެ.
ޕާންފޮތި ތަކުގެ ދެފުށުގައި ބަޓަރ އުނގުޅާށެވެ. އަދިދެފުއް ފިހެލާށެވެ.
ބިސް، ކިރު، ހަކުރު، ވެނީލާ އެސެންސު އަދި މުގުރިފޮނިތޮށިކޮޅު ރަނަގަޅަށް އެއްކޮށްލާށެވެ.
ޓްރޭގައި ރަނގަޅަށް ބަޓަރު ހާކާލުމަށްފަހު ފިހުނު ޕާންފޮތިތައް ކުދި ކޮއްލުމަށްފަހު ޓްރޭގައިއަތުރާލާށެވެ.
އަތުރާލެވުނު ޕާންފޮތިތަކުގެ މައްޗަށް ކުރިން އެއްކުރިތަކެތި (ބިސް، ކިރު، ހަކުރު، ވެނީލާ އެސެންސު އަދި މުގުރި ފޮނިތޮށިކޮޅު)އޮއްސާލާށެވެ.
އަވަނުގައި 40 މިނެޓު ވަންދެން ފިހެލާށެވެ.