ބޭނުންވާ ތަކެތި
2 ޖޯޑު ގަބުޅި
1½ ޖޯޑު ހަކުރު
1 ޖޯޑު ފުއް
2 މޭޒުމަތީ ސަމްސާ ފިނިފެން (ރޯސް ވޯޓާ)
3 މޭޒުމަތީ ސަމްސާ ފެން
ތައްޔާރުކުރާނެގޮތް
އަވަން 300ޑިގްރީއަށް ހޫނުކޮށްލާށެވެ.
ބޯކިބާ ފިހަން ބޭނުންވާ ތަކެތި (ގަބުޅި ، ހަކުރު، ފުއްއަދި ފެންފޮދު) ތައްޓެއްގައި ރަނގަޅަށް އެއްކޮށްލާށެވެ.
ބޯކިބާ ފިހާ ޓްރޭގައި ކުޑަ ތެޔޮކޮޅެއް ހާކާލާށެވެ.
ބޯކިބާގެ ފުއްގަނޑު އެ ޓްރޭއަށް އަޅާލާފަ، ރީއްޗަށް ފަތުރާލާށެވެ.
އަވަނުގެ މެދު ހަރުގައި އެ ޓްރޭ ބަހައްޓާފަ، 45 މިނެޓްވަންދެން ފިހެލާށެވެ.
ބޯކިބާފިހެވުމުން ބޯކިބަލުގެ މައްޗަށް މަޑުމުށިކުލަ އަރާނެއެވެ.
ބޯކިބާ ފިހެވުމުން އަވަނުން ޓްރޭ ނަގައި މޭޒެއް މަތީ ހިހޫވަންދެން(ދިހަވަރަކަށް މިނެޓު) ބަހައްޓާލާށެވެ.