ބޭނުންވާ ތަކެތި
1 ޖޯޑު ވަޅޯ މަސް ކޮށައި، ހިމުންކޮށްފައި
2 ޖޯޑު ކޮޕީ ފަތް ކޮށާފައި
½ ޖޯޑު ކާށި ހުނި
½ ޖޯޑު ފިޔާ ކޮށާފައި
½ ޖޯޑު ލުނބޯ ހުތް
1 ސައި ސަމުސާ ލޮނު
2 މޭޒުމަތީ ސަމުސާ ރިހާކުރު ބޭނުންނަމަ
ތައްޔާރުކުރާނެގޮތް
ފިޔާ، މިރުސް، ރިހާކުރު އަދި ލޮނު ތައްޓަކަށް އެޅުމަށްފަހު، ރަނގަޅަށް މޮޑެލާށެވެ.
އެއަށްފަހު، ވަޅޯމަހާއި ހުނިކޮޅު އަޅާލާފަ މޮޑެލާށެވެ.
ދެން ކޮޕީ ފަތްކޮޅު އޭގެ ތެރެއަށް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.