މި ރަމަޟާން މަހު އިސްލާމީ ތާރީޚާއި ޙަޟާރަތަށް ދަރިވަރުން އަހުލުވެރިކުރުމުގެ ގޮތުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އިސްލާމް ޑިޕާޓްމެންޓުގެ ފަރާތުން އިސްނަގައިގެން " ރަމަޟާން ސުވާލު މުބާރާތް 1445″ މި ނަމުގައި ގެނެސްދޭ ސުވާލު މުބާރާތުގެ
މިއަދުގެ ސުވާލު:
އިސްލާމިކް ބޭންކިންގނާއި އިސްލާމިކް ފައިނޭސްއާއި އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ދާއިރާތަކުން ދިރާސާތައް ކުރާ ރިސާޗް ސެންޓަރުތަކުގެތެރެއިން އުރުދުންގަ ހުންނަ ރިސާޗް ސެންޓަރުގެ ނަމަކީ ކޮބާ؟
އަލްހުދާ ސެންޓާރ އޮފް އިސްލާމިކް ބޭންކޮންގ އެންޑު އިކޮނޮމިކްސް
އިސްލާމިކް ރިސާޗް އެންޑު ޓުރެއިނިންގ އިންސްޓިޓިޔުޓް
3. އިނާޔާ އިސްލާމިކް ފައިނޭންސް ރިސާޗް އިންސްޓިޓިޔުޓް
ކޮންމެ ދުވަހަކުވެސް "އަޙްމަދިއްޔާ 1982″ ގައި ސުވާލެއް ޝާއިޢު ކުރެވޭނެއެވެ. އަދި އެސުވާލާގުޅޭ 3 ޖަވާބުވެސް ދެވިފައިވާނެއެވެ. އެތަނުން ރަނގަޅު ޖަވާބުގައި ފާހަގަލާނީއެވެ. މި މުބާރާތް ހުޅުވާފައިވަނީ އަހްމަދިއްޔާގެ ސާނަވީ އާއި މަތީ ސާނަވީ ގްރޭޑްތަކުގެ (ގްރޭޑް 7 އިން 12 އިގެ) ދަރިވަރުންނަށެވެ.
މި ސުވާލުތަކަށް ޖަވާބުދޭނީ ގޫގުލްފޯމް މެދުވެރި ކޮށެވެ. ގޫގުލްފޯމް ގެ ލިންކް ކޮންމެ ދުވަހަކުވެސް ދަރިވަރެއްގެ ގްރޭޑް ވައިބަރ ގްރޫޕަށް ލެވޭނެއެވެ. އެދުވަހެއްގެ ހެނދުނު ގެނެސްދޭ ސުވާލަށް ރޭގަނޑު 10 ގެ ކުރިން ޖަވާބު ދެވޭނެއެވެ. ވީހާވެސް ގިނަ ދަރިވަރުން މި މުބާރާތުގައި ބައިވެރިވުމަކީ އިސްލާމް ޑިޕާޓްމެންޓްގެ ވަރަށްބޮޑު އެދުމެކެވެ.