ޝާފިޢީ މަޒުހަބު ނިސްބަތްވާ އިމާމުގެ ފުރިހަމަނަމަކީ ކޮބާ؟

މި ރަމަޟާން މަހު އިސްލާމީ ތާރީޚާއި ޙަޟާރަތަށް ދަރިވަރުން އަހުލުވެރިކުރުމުގެ ގޮތުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އިސްލާމް ޑިޕާޓްމެންޓުގެ ފަރާތުން އިސްނަގައިގެން " ރަމަޟާން ސުވާލު މުބާރާތް 1445″ މި ނަމުގައި ގެނެސްދޭ ސުވާލު މުބާރާތުގެ

މިއަދުގެ ސުވާލު:

ޝާފިޢީ މަޒުހަބު ނިސްބަތްވާ އިމާމުގެ ފުރިހަމަނަމަކީ ކޮބާ؟
1. މުޙައްމަދު ބުން ޝާފިޢީ
2. މުޙައްމަދު ބުން އިދުރީސް
3. މުޙައްމަދު ބުން އަޙްމަދު

ކޮންމެ ދުވަހަކުވެސް "އަޙްމަދިއްޔާ 1982″ ގައި ސުވާލެއް ޝާއިޢު ކުރެވޭނެއެވެ. އަދި އެސުވާލާގުޅޭ 3 ޖަވާބުވެސް ދެވިފައިވާނެއެވެ. އެތަނުން ރަނގަޅު ޖަވާބުގައި ފާހަގަލާނީއެވެ. މި މުބާރާތް ހުޅުވާފައިވަނީ އަޙްމަދިއްޔާގެ ސާނަވީ އާއި މަތީ ސާނަވީ ގްރޭޑްތަކުގެ (ގްރޭޑް 7 އިން 12 އިގެ) ދަރިވަރުންނަށެވެ.

މި ސުވާލުތަކަށް ޖަވާބުދޭނީ ގޫގުލްފޯމް މެދުވެރި ކޮށެވެ. ގޫގުލްފޯމް ގެ ލިންކް ކޮންމެ ދުވަހަކުވެސް ދަރިވަރެއްގެ ގްރޭޑް ވައިބަރ ގްރޫޕަށް ލެވޭނެއެވެ. އެދުވަހެއްގެ ހެނދުނު ގެނެސްދޭ ސުވާލަށް ރޭގަނޑު 10 ގެ ކުރިން ޖަވާބު ދެވޭނެއެވެ. ވީހާވެސް ގިނަ ދަރިވަރުން މި މުބާރާތުގައި ބައިވެރިވުމަކީ އިސްލާމް ޑިޕާޓްމެންޓްގެ ވަރަށްބޮޑު އެދުމެކެވެ.

 

މި މުބާރާތުން އެއްވަނައަށް ހޮވޭފަރާތަކަށް ބައިސްކަލެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *