މި ރަމަޟާން މަހު އިސްލާމީ ތާރީޚާއި ޙަޟާރަތަށް ދަރިވަރުން އަހުލުވެރިކުރުމުގެ ގޮތުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އިސްލާމް ޑިޕާޓްމެންޓުގެ ފަރާތުން އިސްނަގައިގެން " ރަމަޟާން ސުވާލު މުބާރާތް 1445″ މި ނަމުގައި ގެނެސްދޭ ސުވާލު މުބާރާތެކެވެ. މިއަދު މިގެނެސްދެނީ އެންމެ ފަހު ސުވާލެވެ.
މިއަދުގެ ސުވާލު:
ޖޯގުރަފީ ޢިލްމުގެ ފޮތެއްކަމުގައިވާ ”ކިތާބުއްތަންބީހު ވަލް އިޝްރާފް“ މި ފޮތް ލިޔުއްވީ ކޮންބޭފުޅެއްހެއްޔެވެ؟
1. އަލްމަސްޢޫދީ
2. މުހައްމަދު ބުން އިދުރީސް
3. އިބުނު ސީނާ
ކޮންމެ ދުވަހަކުވެސް "އަޙްމަދިއްޔާ 1982″ ގައި ސުވާލެއް ޝާއިޢު ކުރެވޭނެއެވެ. އަދި އެސުވާލާގުޅޭ 3 ޖަވާބުވެސް ދެވިފައިވާނެއެވެ. އެތަނުން ރަނގަޅު ޖަވާބުގައި ފާހަގަލާނީއެވެ. މި މުބާރާތް ހުޅުވާފައިވަނީ އަޙްމަދިއްޔާގެ ސާނަވީ އާއި މަތީ ސާނަވީ ގްރޭޑްތަކުގެ (ގްރޭޑް 7 އިން 12 އިގެ) ދަރިވަރުންނަށެވެ.
މި ސުވާލުތަކަށް ޖަވާބުދޭނީ ގޫގުލްފޯމް މެދުވެރި ކޮށެވެ. ގޫގުލްފޯމް ގެ ލިންކް ކޮންމެ ދުވަހަކުވެސް ދަރިވަރެއްގެ ގްރޭޑް ވައިބަރ ގްރޫޕަށް ލެވޭނެއެވެ. އެދުވަހެއްގެ ހެނދުނު ގެނެސްދޭ ސުވާލަށް ރޭގަނޑު 10 ގެ ކުރިން ޖަވާބު ދެވޭނެއެވެ. ވީހާވެސް ގިނަ ދަރިވަރުން މި މުބާރާތުގައި ބައިވެރިވުމަކީ އިސްލާމް ޑިޕާޓްމެންޓްގެ ވަރަށްބޮޑު އެދުމެކެވެ. މި މުބާރާތުގެ ނަތީޖާ ވަރަށް އަވަހަށް ގެނެސްދެވޭތޯ ބަލާނަމެވެ.